13 މާޗް 2019 - 07:30

"ނާވް" އާއި "ނައު ޔޫ ސީ މީ" ފަދަ ފިލްމުތައް ކުޅެފައިވާ އެކްޓަރު ޑޭވް ފްރާންކޯ ޑައިރެކްޝަނަށް ނުކުންނަން ތައްޔާރުވެއްޖެ އެވެ.
އޭނާގެ އަލަތު ފިލްމަކީ "ދަ ރެންޓަލް" ކިޔާ ބިރުވެރި ފިލްމެކެވެ. މީގެ ލީޑް ކާސްޓުންނަކީ އެލިސަން ބްރީ، ޑޭވް ސްޓީވެންސް، ޝެއިލާ ވޭންޑް އަދި ޖެރެމީ އެލެން ވައިޓެވެ.
"ދަ ރެންޓަލް" ޑައިރެކްޓް ކުރުމުގެ އިތުރަށް ފްރާންކޯ، 33، ވަނީ ޖޯއީ ސްވޭންބާގާ ގުޅިގެން ފިލްމުގެ ސްކްރީންޕްލޭގައި ވެސް ހިއްސާވެފަ އެވެ. މީގައި ކިޔައި ދޭނީ ޗުއްޓީއަކަށްދާ ދެމަފިރިއަކު ތިބޭ ގެއިން ކުރިމަތިލާން ޖެހޭ ބިރުވެރި ހާދިސާތަކެވެ.
އަންނަ މަހުގެ ތެރޭގައި މީގެ ޝޫޓިން އެމެރިކާގެ އޮރެގަންގައި ފަށާނެ އެވެ. ނަމަވެސް ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި ނުނިންމަ އެވެ.
ފްރާންކޯ ޑައިރެކްޝަނަށް މިސްރާބު ޖެހި އިރު، މި އަހަރު ބޭއްވި އޮސްކާ އާއި ގޯލްޑެން ގްލޯބް ފަދަ އެވޯޑްތަކުގައި އެންމެ ވިދައިލި އެއް ފިލްމު ކަމަށްވާ "އިފް ބިއެލް ސްޓްރީޓް ކުޑް ޓޯކް" އަކީ ވެސް ފްރާންކޯ ފެނިގެން ދިޔަ ފިލްމެކެވެ. މި އަހަރު ވެސް އޭނާގެ ދެ ފިލްމެއް ސިނަމާތަކަށް އަންނާނެ އެވެ. އެއީ "ޒީރޯވިލް" އާއި "ސިކްސް އަންޑަގްރައުންޑް" އެވެ.