އިންޑިއާގެ އާއްމު އިންތިޚާބު އެޕްރީލް 11 ގައި، ނަތީޖާ މެއި 23 ގައި
އިންޑިއާގެ އާއްމު އިންތިޚާބު އެޕްރީލް 11 ގައި، ނަތީޖާ މެއި 23 ގައި

ނިއު ދިއްލީ (މާޗް 11) - އިންޑިއާގައި އާއްމު އިންތިޚާބު ބާއްވާނެ ތާރީޚްތައް އިއުލާންކޮށްފި އެވެ.

އިންޑިއާގެ އާއްމު އިންތިޚާބު އެޕްރީލް 11 ގައި، ނަތީޖާ މެއި 23 ގައި
އިންޑިއާގެ އާއްމު އިންތިޚާބު އެޕްރީލް 11 ގައި، ނަތީޖާ މެއި 23 ގައި

ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރެސީގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލާން ފަށާނީ އެޕްރީލް 11 ވަނަ ދުވަހު އެވެ. ވޯޓު ގުނަން ފަށާނީ މެއި 23 ވަނަ ދުވަހު އެވެ.

އިންޑިއާގެ އާއްމު އިންތިޚާބު އެޕްރީލް 11 ގައި، ނަތީޖާ މެއި 23 ގައި
އިންޑިއާގެ އާއްމު އިންތިޚާބު އެޕްރީލް 11 ގައި، ނަތީޖާ މެއި 23 ގައި

އިންޑިއާގެ އާއްމު އިންތިޚާބުގައި ގާތްގަނޑަކަށް 900 މިލިއަން މީހުން ވޯޓު ދޭނެ އެވެ. އަދި މިލިއަނެއްހާ ވޯޓިން ބޫތު ގާއިމް ކުރާނެ އެވެ.

އިންޑިއާގެ އާއްމު އިންތިޚާބު އެޕްރީލް 11 ގައި، ނަތީޖާ މެއި 23 ގައި
އިންޑިއާގެ އާއްމު އިންތިޚާބު އެޕްރީލް 11 ގައި، ނަތީޖާ މެއި 23 ގައި

އިންތިޚާބުގެ ތާރީޚްތައް އިއުލާން ކުރައްވަމުން އިންޑިއާގެ އިލެކްޝަންސް ކޮމިޝަނާ ސުނިލް އަރޯރާ ވިދާޅުވީ ވޯޓުލުން ކުރިއަށްދާނީ ހަތް ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ.

ފުރަތަމަ ފިޔަވަހި: އެޕްރީލް 11

ދެ ވަނަ ފިޔަވަހި: އެޕްރީލް 18

ތިން ވަނަ ފިޔަވަހި: އެޕްރީލް 23

ހަތަރު ވަނަ ފިޔަވަހި: އެޕްރީލް 29

ފަސް ވަނަ ފިޔަވަހި: މެއި 6

ހަ ވަނަ ފިޔަވަހި: މެއި 12

ހަތް ވަނަ ފިޔަވަހި: މެއި 19

ވޯޓު ގުނުން: މެއި 23

އާއްމު އިންތިޚާބާ އެކު ހަތަރު ސްޓޭޓް އެސެމްބްލީ - އަންދުރަ ޕްރަދޭޝް، ސިއްކީމް، އަރުނަޗަލް ޕްރަދޭޝް އަދި އޮޑިޝާ- ގެ ސްޓޭޓް އެސެމްބްލީ އަށް މެންބަރުން ހޮވުން ވެސް އޮންނާނެ އެވެ. ޖައްމޫ އެންޑް ކަޝްމީރުގައި މި ފަހަރު އިންތިޚާބު ނުބާއްވާނެ އެވެ.

އިންތިޚާބުގައި އިންޑިއާގެ ޕާލަމެންޓުގެ ދަށުގޭ ނުވަތަ ލޮކް ސަބާ އަށް 545 މެންބަރުންގެ ތެރޭން 543 މެންބަރުން އިންތިޚާބު ކުރާނެ އެވެ. ޕާލަމެންޓުގެ ދެ ގޮނޑި ވަނީ އެންގްލޯ-އިންޑިއަން ކޮމިއުނިޓީ އަށް ރިޒާވްކޮށްފަ އެވެ. މި މެންބަރުން ނޮމިނޭޭޓް ކުރާނީ އިންޑިއާގެ ރައީސް އެވެ.

ގާތްގަނޑަކަށް 1.3 ބިލިއަން އާބާދީ އޮންނަ ގައުމުގެ އެތައް ސިޔާސީ ޕާޓީއެއްގެ ތެރޭން މި ފަހަރު އެންމެ ވާދަވެރިކަން ބޮޑު ވާނީ ދެ ވަނަ ދައުރަކަށް ބޮޑު ވަޒީރު ކަމަށް ވަޑައިގަންނަވަން މަސައްކަތް ކުރައްވާ ނަރެންދުރަ މޯދީ އާއި އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާނދީއާ ދެމެދު އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓުލާ ހުރިހާ މަރުކަޒެއްގައި ވެސް ވޯޓާ ވެރިފައިއެބްލް ޕޭޕާ އޮޑިޓް ޓްރޭލް (ވީވީޕީއޭޓީ) ސިސްޓަމް ބޭނުން ކުރާނެ ކަމަށެވެ. މިއީ އިލެކްޓްރޯނިކް ވޯޓިން މެޝިންއާ ގުޅާލާފައިވާ ސިސްޓަމެކެވެ. މި ޑިވައިސް އިން ވޯޓުލީ ކެންޑިޑޭޓުގެ ސިމްބަލް އާއި ނަން އަދި ސީރިއަމް ނަމްބަރު ޕްރިންޓް ކުރެވޭނެ އެވެ. އަދި ވޯޓުލީ މީހާ އަށް ވެސް އެ ފެންނާނެ އެވެ. ވޯޓުތައް ވެރިފައި ކުރަން އިލެކްޝަން ކޮމިޝަނަށް ފަހުން މި ޕްރިންޓް ބޭނުން ކުރެވޭނެ އެވެ.