ސިފައިންނާއި ފުލުހުންނަށް ހާއްސަ ބޮޑީ ސްޕްރޭއެއް ޕޮއިޒް އިން ތައާރަފްކޮށްފި
ސިފައިންނާއި ފުލުހުންނަށް ހާއްސަ ބޮޑީ ސްޕްރޭއެއް ޕޮއިޒް އިން ތައާރަފްކޮށްފި

އެކި ގައުމުތަކުގެ ސަލާމަތީ ބާރުތަކުން ގައުމަށް ކޮށްދޭ ހިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން، މަޝްހޫރު ސެންޓު ކުންފުނި އައިފީން ތައާރަފް ކޮށްފައިވާ "ރޭންޖާސް" ބޮޑީ ސްޕްރޭ ރާއްޖޭގެ ބާޒާރަށް ވެސް ނެރެފި އެވެ.

ސިފައިންނާއި ފުލުހުންނަށް ހާއްސަ ބޮޑީ ސްޕްރޭއެއް ޕޮއިޒް އިން ތައާރަފްކޮށްފި
ސިފައިންނާއި ފުލުހުންނަށް ހާއްސަ ބޮޑީ ސްޕްރޭއެއް ޕޮއިޒް އިން ތައާރަފްކޮށްފި

އެކި ބްރޭންޑުތަކުގެ ސެންޓާއި ބޮޑީ ސްޕްރޭ ރާއްޖޭގައި ވިއްކާ ފިހާރަ ޕޮއިޒް އިން މި ބޮޑީ ސްޕްރޭ ތައާރަފް ކުރުމަށް ސިފައިންގެ "ސިފްކޯ ފެމިލީ މާޓް"ގައި ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވައިފަ އެވެ.

"ރޭންޖާސް" ބޮޑީ ސްޕްރޭ ތައާރަފް ކޮށްދެއްވީ އެމްއެންޑީއެފް ސްޕެޝަލް ފޯސްގެ ކޮމާންޑިން އޮފިސަރު ލެފްޓިނެންޓް ކާނަލް ހަސަން ޝާހިދެވެ.

ޕޮއިސް ފިހާރައިން ބުނި ގޮތުގައި "ރޭންޖާސް" ގެ ތަފާތު 16 ވައްތަރެއް ވަނީ ރާއްޖޭގައި ތައާރަފްކޮށްފަ އެވެ. އޭގެ ތެރޭގައި އަންހެނުންނަށް ހާއްސަ އަށް ވައްތަރާއި ފިރިހެނުންނަށް ހާއްސަ އަށް ވައްތަރެއް ހިމެނޭ ކަމަށް އޮފިޝަލަކު ވިދާޅުވި އެވެ.

"މި ބޮޑީ ސްޕްރޭގެ ނަމާއި އެކި ވެރައިޓީތަކަށް ދީފައިވާ ނަންތަކަކީ ސިފައިންނާއި ފުލުހުން އާންމުކޮށް ބޭނުންކޮށް އުޅޭ ނަންތައް. ޑިޒައިންތަކުގައި ވެސް ބޭނުންކޮށްފައި ވަނީ އެ މީހުންގެ ޔުނީފޯމްގެ ޑިޒައިންތައް،" އޮފިޝަލް ވިދާޅުވި އެވެ.

މި ބޮޑީ ސްޕްރޭ ޕޮއިޒްގެ ފިހާރަތަކުގެ އިތުރުން ސިފައިންނާއި ފުލުހުންގެ ފިހާރަތަކުން ހާއްސަ އަގެއްގައި ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރޭންޖާސް" ބޮޑީ ސްޕްރޭ އުފައްދާ އައިފީ ކުންފުންޏަކީ ދިވެހިންގެ ތެރޭގައި މަގުބޫލުކަން ހޯދާފައިވާ ހޮޓް އައިސް އަދި ސްކޮޓިސް ބޮޑީ ސްޕްރޭ އާއި ސެންޓު އުފައްދާ ކުންފުންޏެވެ.

ދާދި ފަހުން ޕޮއިޒް އިން ވަނީ "ފޮގް" ސެންޓާއި ބޮޑީ ސްޕްރޭ ވެސް ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފަ އެވެ. އެ ތަކެތީގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓާ އަކީ ޕޮއިޒް އެވެ.