11 މާޗް 2019 - 10:44

އިމާރާތެއްގެ ހަ ވަނަ ބުރިން މަގުމައްޗަށް ވެއްޓި ރޭ ފަތިހު އަވަހާރަވީ ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) ގެ ބައްޕަ އެވެ.
އެމްޑީޕީގެ ކުރީގެ ރައީސް ޑރ. ޑީޑީ އާއި އޭނާގެ އާއިލީ ބޭފުޅުން ދިރިއުޅުއްވާ ގ. ދަތުގެ ހަ ވަނަ ބުރިން ވެއްޓި އަވަހާރަވީ ސ. ހުޅުދޫ ބަހާރީވިލާ އަބްދުﷲ ނަހީފް 96، އެވެ.
ފުލުހުން ބުނީ ނަހީފް ވެއްޓުނީ ފަތިހު ހަތަރެއް ޖަހާކަންހާއިރު ކަމަށެވެ. އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް ނަހީފް އަވަހާރަ ވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ނަމަވެސް އޭނާ ވެއްޓުނީ ކީއްވެ ކަމެއް އަދިއެއް ނޭނގެ އެވެ. އޭނާގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިއަދުގެ މެންދުރު ނަމާދަށް ފަހު އާ ސަހަރާ މިސްކިތުގަ އެވެ.
ނަހީފަކީ އިސްލާމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަދި އަރަބިއްޔާ ސްކޫލްގެ ކުރީގެ މުދީރު މުހައްމަދު ފާރޫގު އަބްދުﷲ ގެ ވެސް ބައްޕަ އެވެ.