10 މާޗް 2019 - 22:06

ހުޅުމާލެއިން މީގެ އިރުކޮޅެއް ކުރިން ކަރަންޓު ކެނޑިއްޖެ އެވެ.
މުޅި ހުޅުމާލެ އިން ކަރަންޓު ކެނޑިފައިވާއިރު، އޭގެ ސަބަބެއް އަދިއެއް ނޭނގެ އެވެ.
ސްޓެލްކޯ އިން ބުނީ ހުޅުމާލެ އިން ކަރަންޓު ކެނޑުނީ އެންމެ ބޮޑު އެއް ޖަނެރޭޓަރު ކުއްލި އަކަށް ނިވުމުން ކަމަށެވެ. އެކަމަކު ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް މިހާރު ކަރަންޓު ދޭން ފަށާފައިވާ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.