10 މާޗް 2019 - 07:33

ފަރުވާތެރިވެގެން ބޭނުން ނުކުރާ ކަމަށް ވަންޏާ ސޯޝަލް މީޑިއާއަކީ ހަތުރަކަށް ވެސް ވެދާނެ އެވެ. ވަކިން ހާއްސަކޮށް، ފާޅުކޮށްލާ ހިޔާލަކުން އެތައް ބައެއްގެ ދުއްތުރާތަކާ ވެސް ކުރިމަތިލާން ޖެހިދާނެ އެވެ. މިފަދަ ހާލަތްތަކުގައި މީހާގެ ޒާތީ މައުލޫމާތުތައް އާންމުވުމުގެ ބިރު ވެސް ބޮޑެވެ.
ޓްވިޓާއިން މިހާރު ވަނީ މިފަދަ މައްސަލަތަކަށް ހައްލެއް ގެނައުމުގެ ގޮތުން، ރިޕޯޓްކުރާ ޓްވީޓްތަކަށް އިތުރު ތަފުސީލު ދެވޭނެ ގޮތް ހަދައިފަ އެވެ. ހުކުރު ދުވަހު ޓްވިޓާއިން ވަނީ، އެކަން ކުރާނެ ގޮތް ކިޔައި ދީފައިވެ އެވެ.
މިސާލަކަށް، ކޮށްލާ ޓްވީޓަކާ ގުޅިގެން މީހަކު ތިމާގެ ފޯނު ނަމްބަރު ނުވަތަ އީމެއިލް އާންމުކޮށްފި ނަމަ އެކަން ފާހަގަކޮށްފައި މިހާރު ޓްވިޓާ އަށް ރިޕޯޓް ކުރެވޭނެ އެވެ. ރިޕޯޓް ޓްވީޓާ އަށް ދިއުމުން، ޓްވީޓްތައް ރިޕޯޓް ކުރަން ބޭނުންވާ ތަފުސީލީ ސަބަބުތައް ފެންނާނެ އެވެ.
އެހެންވެ މިއީ ޓްވިޓާގެ އަހުލުވެރިންނަށް ވަރަށް ވެސް ބޭނުންތެރި ހިދުމަތަކަށް ވާނެ އެވެ.