އަންހެނުންގެ ދުވަހު ހުސް އަންހެން ކްރޫންގެ ފްލައިޓެއް ސްރީލަންކަން އިން ބާއްވައިފި

ކޮލަމްބޯ (މާޗް 8) - ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތު ފާހަގަ ކުރުމުގެ ގޮތުން ސްރީ ލަންކަން އެއާލައިންސް އިން ހުސް އަންހެން ކްރޫންގެ ފްލައިޓެއް ބާއްވައިފި އެވެ.

އަންހެނުންގެ ދުވަހު ހުސް އަންހެން ކްރޫންގެ ފްލައިޓެއް ސްރީލަންކަން އިން ބާއްވައިފި
އަންހެނުންގެ ދުވަހު ހުސް އަންހެން ކްރޫންގެ ފްލައިޓެއް ސްރީލަންކަން އިން ބާއްވައިފި

މާޗް 8 ވަނަ ދުވަހު ސިންގަޕޫރަށް ދިޔަ ޔޫއެލް306 ފްލައިޓުން 170 ޕަސިންޖަރުން ދަތުރު ކުރި އެވެ. އެ ފްލައިޓުގެ ޕައިލެޓަކީ ކެޕްޓަން ސިމްރާން ގުންމާން އެވެ. ފަސްޓް އޮފިސަރަކީ މަނީޝާ ނަމްބުގެ އެވެ.

އަންހެނުންގެ ދުވަހު ހުސް އަންހެން ކްރޫންގެ ފްލައިޓެއް ސްރީލަންކަން އިން ބާއްވައިފި
އަންހެނުންގެ ދުވަހު ހުސް އަންހެން ކްރޫންގެ ފްލައިޓެއް ސްރީލަންކަން އިން ބާއްވައިފި

ކެޕްޓަން އާއި ފަސްޓް އޮފިސަރުގެ އިތުރުން އެ ބޯޓުގައި އަންހެން ހަ ކްރޫން ހަރަކާތްތެރިވި އެވެ.

އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ބައެއް އެއާލައިންތަކުން މިދިޔަ އަހަރު ވަނީ ހުސް އަންހެން ކްރޫންގެ ފްލައިޓްތައް ބާއްވައިފަ އެވެ. މިދިޔަ އަހަރުގެ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އެއާ އިންޑިއާގެ ފްލައިޓެއް ވަނީ ހުސް އަަންހެން ކްރޫންނާ އެކު ޗެންނާއީ އިން ކޮލަމްބޯ އަށް ދަތުރުކޮށްފަ އެވެ.