އިންޑިއާގައި އަންހެނަކު ރޭޕްކުރި މީހާ އަށް ހަމަލާދީ މަރާލައިފި
އިންޑިއާގައި އަންހެނަކު ރޭޕްކުރި މީހާ އަށް ހަމަލާދީ މަރާލައިފި

ކޮލްކަތާ (މާޗް 9) - އިންޑިއާގައި އަންހެނަކު ރޭޕްކޮށް އެ މީހާގައިގައި އަލިފާން ޖެހި މީހާ އަށް ހަމަލާދީ މަރާލައިފި އެވެ.

ފުލުހުން ބުނީ އަަންހެން މީހާ ގައިގައި އަލިފާން ޖެހި ނަމަވެސް އެ މީހާ ސަލާމަތްވި ކަމަށެވެ. އަދި އަންހެން މީހާ ވަނީ އޭނާ ރޭޕްކުރި މީހާ ދަމައިފައި ގެންގޮސް އަލިފާނަށް ލައިފައި ކަމަށެވެ. އެ ފިރިހެން މީހާ މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

ފުލުހުން ބުނީ އިންޑިއާގެ އިރުމަތީގެ ކޮލްކަތާގައި މިދިޔަ ހަފުތާގައި ހިންގި ރޭޕުގެ ޝިކާރައަކަށްވީ ދެ ކުދިން ލިބި، ހުވަފަތްވެފައިވާ 35 އަހަރުގެ އަންހެނެއް ކަމަށެވެ. އެ އަންހެން މީހާ ފުލުހުންނަށް ބުނެފައި ވަނީ 42 އަހަރުގެ ފިރިހެން މީހާ އޭނާގެ ގެއަށް އައީ ދެ އަންހެން ދަރިން ބޭރަށް ދިޔަ ވަގުތު ބަލައިފައި ކަމަށެވެ.

"އެ މީހާ އަންހެން މީހާ ރޭޕް ކުރުމަށް ފަހު އޭނާގެ ގަޔަށް ކަރާސީނު އަޅާ ރޯކޮށްލީ،" އަންހެން މީހާގެ ބަޔާނާ ހަވާލާދީ ކޮލްކަތާ ފުލުހުންގެ އޮފިސަރު ސަޖާލް ކަންޓީ ބިސްވާސް ވިދާޅުވި އެވެ.

އަންހެން މީހާގެ މޫނާއި އަތުން ބޮޑު ބައެއް ފިހުނު ނަމަވެސް އޭނާ ވަނީ އެ ފިރިހެން މީހާގެ ގައިގައި އަލިފާން ޖައްސައިފަ އެވެ.

އިންޑިއާގައި ރޭޕުގެ މައްސަލަތައް ސަމާލު ކަމަށް އައީ 2012 ވަނަ އަހަރު ދިއްލީގައި ހިންގި ރޭޕެއްގެ ޝިކާރައަކަށްވި ކޮލެޖް ދަރިވަރަކަށް ލިބުނު އަނިޔާގައި، 23 އަހަރުގެ އެ ކުއްޖާ މަރުވި ހާދިސާ އަށް ފަހު އެވެ. އިންޑިއާގައި އެވްރެޖްކޮށް ދުވާލަކު ރޭޕުގެ 100 މައްސަލަ ރިޕޯޓް ކުރާ ކަމަށް 2016 ވަނަ އަހަރުގެ ހިސާބުތަކުން ދައްކާފައިވެ އެވެ. ގިނަ ފަހަރަށް، ރޭޕުގެ ޝިކާރައަކަށްވާ މީހުންނަށް ރިޕޯޓް ކުރަން ބިރު ވެސް ދައްކަ އެވެ.