އެންޖެލީނާ ޖޮލީ "މެލަފިޝަންޓް 2" މި އަހަރު ގެނެސްދޭން ނިންމައިފި
އެންޖެލީނާ ޖޮލީ "މެލަފިޝަންޓް 2" މި އަހަރު ގެނެސްދޭން ނިންމައިފި

މަޝްހޫރު ބަތަލާ އެންޖެލީނާ ޖޮލީ ވަރަށް ތަފާތު ރޯލަކުން ފެނިގެންދާ ފިލްމު "މެލަފިޝަންޓް" ގެ ދެވަނަ ބައި، ކުރިން ރިލީޒްކުރަން ތާވަލުކޮށްފައި އޮތް ތާރީހަށް ވުރެ، ހަތް މަސް އަވަހަށް ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.

ކުރިން އަންނަ އަހަރުގެ މެއި މަހުގެ 29 އަށް ތާވަލުކޮށްފައި އޮތް "މެލަފިޝަންޓް: މިސްޓްރެސް އޮފް އީވިލް" މިހާރު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހު އެވެ.

ޖޮލީ މެލަފިޝަންޓްގެ ރޯލުން ފެނިގެންދާ ފިލްމުގެ ފުރަތަމަ ބެލުންތެރިންނަށް ގެނެސް ދިނީ 2014 ގަ އެވެ. ރޮބަޓް ސްޓްރޮންބާގް ޑައިރެކްޓް ކުރި އެ ފިލްމަކީ ބޮކްސް އޮފީހުގައި 758.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. ފިލްމު ހަދަން ގާތްގަނޑަކަށް 263 މިލިއަން ޑޮލަރު ހޭދަ ކުރި އެވެ.

"މެލަފިޝަންޓް: މިސްޓްރެސް އޮފް އީވިލް" ގެ ޑައިރެކްޓަރަކީ 2017 ގައި ރިލީޒް ކުރި "ޕައިރޭޓްސް އޮފް ދަ ކެރީބިއަން: ޑެޑް މޭން ޓެލް ނޯ ޓޭލްސް" އެސްޕީން ސެންޑްބާގާ ގުޅިގެން ޑައިރެކްޓް ކުރި ޖޯޗިމް ރޮނިން އެވެ.