28 އޯގަސްޓް 2016 - 10:29

ނިއުޔޯކް ސިޓީ (އޮގަސްޓް 28) - އެމެރިކާގައި ނަސްލީ ތަފާތު ކުރުން އޮތް ކަމަށް ބުނެ، ނެޝަނަލް ފުޓްބޯލް ލީގުގެ ކްލަބް ސެން ފްރެންސިސްކޯ އަށް ކުޅެމުން އަންނަ އެމެރިކާގެ ކުޅުންތެރިޔާ ކޮލިން ކާޕެނިކް ގައުމީ ސަލާމަށް ކޮޅަށް ތެދުވަން ދެކޮޅު ހަދައިފި އެވެ.
މިިދިޔަ ހުކުރު ދުވަހު ސެން ފްރެންސިސްކޯ އާއި ގްރީން ބޭ ޕެކާސް ކުޅުނު މެޗުގައި އެމެރިކާގެ ގައުމީ ސަލާމް ޖެހިއިރު، ކާޕެނިކް އިނީ އިށީދެގެންނެވެ. އޭނާ ބުނީ ގައުމީ ސަލާމަށް ނުތެދުވީ އެމެރިކާގެ ހާލަތު މިހާރު އޮތް ގޮތުން ކަމަށެވެ.
"ކަޅު ނަސްލު މީހުންނަށް ނާއިންސާފުން ކަންތައްކުރަމުންދާއިރު އަހަރެން ބޭނުމެއް ނުވޭ އެ ފަދަ ގައުމެއްގެ ދިދަ އަށް އިހުތިރާމްކޮށް ގައުމީ ސަލާމަށް ތެދުވާކަށް،" ކާޕެނިކް ބުންޏެވެ.
އޭނާ ބުނީ ގައުމީ ސަލާމަށް ތެދުވުމާއި ނުތެދުވުމުގެ އިހުތިޔާރު ކޮންމެ މީހަކަށް ލިބިގެންވާ ކަމަށާއި އޭނާ މި ދަނޑިވަޅުގައި ކޮޅަށް ތެދުވަން ބޭނުންނުވީ ކަަމަށެވެ.
މި ކަމާ ގުޅިގެން ނެޝަނަލް ފުޓްބޯލް ލީގުގެ ބައެއް ކުޅުންތެރިން ކާޕެނިކަށް ތައުރީފްކުރިއިރު، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ އޭނާގެ މި އަމަލު ކުށްވެރިކޮށް އަދަބުދޭން ޖެހޭ ކަމަށް ބުނަމުންނެވެ.