07 މާޗް 2019 - 07:18

"ގޭމް އޮފް ތުރޯންސް" ގެ ފަހު ސީޒަން ބެލުންތެރިންނާ ބައްދަލުކުރަން ދެން މާ ގިނަ ދުވަހެއް ނެތެވެ. އެޕްރީލް 14 އަށް ކައުންޓްޑައުން ފަށައިގެން ތިބި މީހުންނަށް އޮތް އުފާވެރި ކަމަކީ މި ސިލްސިލާގެ ފަހު ސީޒަނުގެ ރަސްމީ ޓްރެއިލާ މިހާރު ދޫކޮށްލާފައިވުމެވެ.
އެޗްބީއޯ އިން ގެނެސްދޭ "ގޭމް އޮފް ތުރޯންސް" ގެ ދުނިޔެ އަށް ގެއްލުމުގެ ކުރިން ޓްރެއިލާ ތަޖުރިބާކޮށްލާށެވެ. ޔަގީނުން ވެސް ޝައުގުވެރިވާ ކަހަލަ ގިނަ ކަންތައްތަކެއް ހުންނާނެ އެވެ.
ސިލްސިލާގެ ފަހު ސީޒަން އަދި އަށް ވަނަ ސީޒަން، ހަ އެޕިސޯޑާ އެކު ނިންމައިލާނީ މެއި 19 ވަނަ ދުވަހު އެވެ.
"ގޭމް އޮފް ތުރޯންސް" މި އަހަރު ނިމުމަކަށް ގެނައި ނަމަވެސް މި ސިލްސިލާގެ އަހުލުވެރިންނަށް އޮތް ހިތްހަމަޖެހުމަކީ ސިލްސިލާގައި ދައްކާ ހާދިސާތަކުގެ 300 އަހަރު ކުރީގެ ކަންކަމުގެ މައްޗަށް ބިނާކޮށް އާ ސިލްސިލާއެއް ހަދަން ނިންމާފައިވުމެވެ.
އޭގެ މައިގަނޑު ވެސް ވަނީ އިއުލާންކޮށްފަ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކަކީ ނިއޯމީ ވޮޓްސް އެވެ.
ކުރިއަށް އޮތް ސިލްސިލާ ބިނާ ކުރާނީ "ގޭމް އޮފް ތުރޯންސް" ގެ ވާހަކަ ވެސް ގެނެސް ދިން ޖޯޖް އާރްއާރް މާޓިންގެ ވާހަކަ "ފަޔާ އެންޑް ބްލަޑް" އަށެވެ. މީގެ ޑައިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ އެސްޖޭ ކްލާކްސަން އެވެ.
އެތައް އެވޯޑެއް ހޯދާފައިވާ "ގޭމް އޮފް ތުރޯންސް" ގެ ފުރަތަމަ ހަތް ސީޒަނުގައި ޖުމްލަ 67 އެޕިސޯޑް ގެނެސްދިނެވެ. މިއީ މިހާތަނަށް ހެދި އެންމެ ގިނަ ބައެއްގެ ސަމާލުކަން ދަމައިގަތް ސިލްސިލާ ފިލްމެވެ.