05 މާޗް 2019 - 16:01

އިސްލާމްއާބާދު (މާޗް 5) - ޕާކިސްތާނުގެ ކަނޑުގެ ސަރަހައްދަށް ވަންނަން މަސައްކަތް ކުރި އިންޑިއާގެ ސަބްމެރިންއެއް ހުއްޓުވި ކަމަށް ޕާކިސްތާނުގެ ކަނޑުގެ ސިފައިން ބުނެފި އެވެ.
"ޕާކިސްތާނުގެ ކަނޑުގެ ސިފައިންގެ ޚާއްސަ ހުނަރުވެރިކަން ބޭނުންކޮށްގެން އިންޑިއާގެ ސަބްމެރިން ވަނީ ފަހާލާފައި،" ޕާކިސްތާނުގެ ކަނޑުގެ ސިފައިންގެ ތަރުޖަމާން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ބަޔާނުގައި ބުނީ ސުލްހަ އަށް އިސްކަން ދިނުމުގެ ގޮތުން ޕާކިސްތާނުން ނިންމީ ސަބްމެރިން އަށް ހަމަލާ ނުދޭން ކަމަށެވެ.
"މިއީ ސުލްހަ އަށް ޕާކިސްތާނުން އިސްކަންދޭ ކަމުގެ ރަމްޒެއް،" ބަޔާނުގައި ބުނެފައިވެ އެވެ.
މިއީ 2016 ވަނަ އަހަރުގެ ފަހުން ޕާކިސްތާނުގެ ކަނޑުގެ ސަރަހައްދަށް އިންޑިއާގެ ސަބްމެރިންއެއް ވަން ފުރަތަމަ ފަހަރެވެ.
ކަޝްމީރުގެ މައްސަލާގައި އިންޑިއާ އާއި ޕާކިސްތާނުގެ މަސްރަހު ދާދި ފަހުން ހޫނުވެގެން ދިޔަ އިރު އެއް ގައުމު އަނެއް ގައުމަށް ވަނީ ވައިގެ ހަމަލާދީފަ އެވެ. އިންޑިއާ އިން ވަނީ ކަޝްމީރުގައި ހަމަލާދިން ޖައިޝީ މުހައްމަދުގެ މައި ކޭމްޕަށް ވައިގެ ހަމަލާދީފަ އެވެ. ރައްދުގައި ޕާކިސްތާނުން ހަމަލާދީ އިންޑިއާގެ ހަނގުރާމަ މަތީ ދެ ބޯޓު ވައްޓާލައި ޕައިލެޓަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ނަމަވެސް ސުލްހައިގެ ރަމްޒެއްގެ ގޮތުން ޕާކިސްތާނުން ވަނީ ޕައިލެޓް އިންޑިއާއާ ހަވާލުކޮށްފަ އެވެ.