ސްޕޭސްއެކްސް ޑްރެގަން ކެޕްސޫލް އައިއެސްއެސްއާ ގުޅާލައިފި
ސްޕޭސްއެކްސް ޑްރެގަން ކެޕްސޫލް އައިއެސްއެސްއާ ގުޅާލައިފި

ކެލިފޯނިއާ (މާޗް 4) - އެމެރިކާގެ އެސްޓްރޮނޯޓް ކެޕްސޫލް އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އާ ގުޅާލައިފި އެވެ.

ކެލިފޯނިއާގެ ސްޕޭސްއެކްސް ކުންފުނިން ހޮނިހިރު ދުވަހު ޖައްވަށް ފޮނުވާލި ޑްރެގަން ވެހިކަލް އައިއެސްއެސްއާ ގުޅާލާފައި ވަނީ އޭގެ ޒާތުގައި އަމިއްލައަށެވެ. ސްޓޭޝަންގެ ކުރީކޮޅުން ޑްރެގަން ގުޅާލާފައި ވަނީ އޭގެ ކޮމްޕިއުޓަރުތަކާއި ސެންސަރުތަކުގެ އެހީގަ އެވެ. އޭރު އައިއެސްއެސްގައި ތިބި އޮސްޓްރޮނޯޓުން ދިޔައީ އެޗްޑީ ކެމެރާތަކުން އެ މަންޒަރުތައް ބަލަމުންނެވެ.

ޑްރެގަން ޑޮކް ކުރުމަށް ފަހު، ޑްރެގަން އާއި ސްޓޭޝަންގެ އެއާ ޕްރެޝަރު އެއްވަރުވުމުން، އެމެރިކާގެ އެސްޓްރޮނޯޓް އޭން މެކްކޭން އާއި ކެނެޑާގެ އޮސްޓްރޮނޯޓް ޑޭވިޑް ސެންޓް-ޖެކްއެސް އަދި އައިއެސްއެސްގެ ކޮމާންޑަރު އޮލެގް ކޮނޮނެންކޯ ވަނީ ޑްރެގަން ކެޕްސޫލަށް ވަދެފަ އެވެ.

ޑްރެގަން ކެޕްސޫލް އައިއެސްއެސްގައި ހުކުރު ދުވަހާ ހަމައަށް ޑޮކްކުރާނެ އެވެ. އޭގެ ފަހުން އެނބުރި ދުނިޔެ އަށް ދަތުރު ފަށާނެ އެވެ.