03 މާޗް 2019 - 19:09

ސ. ހިތަދޫގައި ހުރި މަސް ފެކްޓްރީއެއްގައި މިއަދު އަލިފާން ރޯވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ މަސް ފެކްޓްރީގައި އަލިފާން ރޯވެގެން ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު 5:53 ހާއިރު ކަމަށެވެ. އެތަން ނިިއްވުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިޔާގެ ސިފައިން ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ ހާދިސާގައި މީހަކަށް އަނިޔާއެއް ނުވެ އެވެ. ނަމަވެސް ފެކްޓްރީގައި އަލިފާން ރޯވާން ދިިމާވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.
ބަނދަރު ސަރަހައްދުގައި ހުންނަ އެ މަސް ފެކްޓްރީއަކީ އަމިއްލަ ބަޔަކު ކުރިން ހިންގި ތަނެކެވެ. އެތަނުގެ މަސައްކަތްތައް ހުއްޓާލައި އިމާރާތް ބޭނުންނުކުރާތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ.