02 މާޗް 2019 - 17:12

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާ އެކު 20 ދިވެއްސަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ ރިޕޯޓާ އެކު މާފަންނު ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސް ކުރިއިރު، މަސްތުވާތަކެތި އަޅާފައި ހުރި 38 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ބިދޭސީއަކާއި 18 އަހަރު ނުފުރޭ ކުޑަ ކުއްޖަކު ހިމެނެ އެވެ.
ހެނދުނު ހިންގި އޮޕަރޭޝަންގައި ކުޑަކުއްޖަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މަސްތުވާތަކެއްޗާ އެކު މާލޭގެ ގެއަކުން 20 ދިވެހިން ހައްޔަރު ކުރިއިރު، ބަނގުރާ ފުޅިތަކަކާ އެކު މާލޭގެ މަގުމަތީގައި އިއްޔެ އުޅުނު ފަސް މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.