އަމްރިތާ އާއި ސަނީގެ ފުރަތަމަ ފިލްމު "ބޭތާބު" ދަރިން ލައްވާ އަލުން ކުޅެން ވިސްނަނީ
އަމްރިތާ އާއި ސަނީގެ ފުރަތަމަ ފިލްމު "ބޭތާބު" ދަރިން ލައްވާ އަލުން ކުޅެން ވިސްނަނީ

"ގާޔަލް ވަންސް އެގެއިން" އިން ސަނީ ވަނީ އަލަށް ފިލްމު ކުޅެން ފެށި ހަތަރު ކުއްޖަކަށް ބޮލީވުޑަށް ވަނުމުގެ ފުރުސަތު ދީފަ އެވެ. މިހާރު އޭނާ ތައްޔާރު ވަމުންދަނީ އަމިއްލަ ދަރިފުޅު ކަރަން ޑެއޯލް ފިލްމީ ދުނިޔެއަށް ނެރުމަށެވެ. އިންޑިއާގެ ބައެއް ނޫސްތަކުން ބުނަނީ އަމިއްލަ ދަރިފުޅަށްޓަކައި އެކްޓަ-ޑައިރެކްޓަ ސަނީ ނުފޮރޮޅާ އެންމެ ގާކޮޅެއް ނުވެސް ނުބާއްވާނެ ކަމަށެވެ.

އަމްރިތާ އާއި ސަނީގެ ފުރަތަމަ ފިލްމު "ބޭތާބު" ދަރިން ލައްވާ އަލުން ކުޅެން ވިސްނަނީ
އަމްރިތާ އާއި ސަނީގެ ފުރަތަމަ ފިލްމު "ބޭތާބު" ދަރިން ލައްވާ އަލުން ކުޅެން ވިސްނަނީ

ހަގިގަތުގައި ސަނީ ބޭނުންވަނީ އޭނާ އާއި އަމްރިތާ ސިންގް ބޮލީވުޑަށް ތައާރަފްވި ފިލްމު "ބޭތާބު" އަލުން އުފައްދާށެވެ. އެއީ އޭނާގެ ދަރިފުޅު ކަރަން އާއި އަމްރިތާގެ ދަރިފުޅު ސާރާ ޚާންއާ އެކުގަ އެވެ.

އެގޮތުން ސަނީ ވަނީ އަމްރިތާ އަށް ގުޅާ މި ކަމާ ބެހޭ ގޮތުން ޚިޔާލު ބަދަލުކޮށްފަ އެވެ. ނަމަވެސް ސަނީގެ މި ހުށަހެޅުން އަމްރިތާއަށް ގަބޫލު ކުރެވޭ ގޮތެއް ނުވި އެވެ. ސަބަބަކީ މަޝްހޫރު ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރްގެ ފިލްމު ކުންފުނި ދަރްމާ ޕްރޮޑަކްޝަންއާ އެކު ސާރާ މިހާރު ވެސް ކޮންޓްރެކްޓެއްގައި ސޮއިކޮށްފައިވަތީ އެވެ.

މި ކޮންޓްރެކްޓްގައިވާ ގޮތުން ސާރާ ބޮލީވުޑަށް ތައާރަފްވާ ފިލްމު ވާން ޖެހޭނީ ދަރްމާ ޕްރޮޑަކްޝަންގެ އުފެއްދުމަކަށެވެ.

ސައިފް އަލީ ޚާނާއި އަމްރިތާ އަށް ލިބިފައިވާ ދެ ދަރިން ކުރެ ދޮށީ ދަރިފުޅު ސާރާ މިހާރު ގްރެޖުއޭޓްވި ފިލްމީ ދުނިޔެއަށް ނުކުންނަން ތައްޔާރުވަމުންދާއިރު އޭނާ ދަންނަ ގިނަ ބަޔަކު ބުނަނީ ސާރާ ވައްތަރީ އޭނާގެ މަންމަ އަމްރިތާއާ ކަމަށެވެ.

ސަނީގެ ދަރިފުޅު ކަރަން ފިލްމީ ދުނިޔޭގައި ހަރަކާތްތެރިވަމުންދާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ނަމަވެސް މިހާތަނަށް އޭނާ މަސައްކަތް ކޮށްފައިވަނީ ކެމެރާގެ ފުރަގަހުގަ އެވެ. އެގޮތުން ސަނީގެ އާއިލާއިން އުފައްދައި ސަނީ އާއި ބޮބީ އަދި އެމީހުންގެ ބައްޕަ ދަރްމެންދުރަ ލީޑް ރޯލު ކުޅުނު "ޔަމްލާ ޕާގަލް ދީވާނާ 2"ގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ކަރަން މަސައްކަތް ކުރި އެވެ. އަދި "ގާޔަލް ވަންސް އެގެއިން" އުފެއްދުމުގެ މަސައްކަތުގައި ވެސް އޭނާ ވަނީ އަމަލީ ގޮތުން ބައިވެރިވެފަ އެވެ.

ތަންކޮޅެއް ކުރިން އިންޑިއަން އެކްސްޕްރެސް އަށް ސަނީ ދީފައިވާ އިންޓަވިއުއެއްގައި އޭނާގެ ދަރިފުޅު ފިލްމު ކުޅެން ފެށުމާ ބެހޭ ގޮތުން ބުނީ ކޮންމެވެސް ދުވަހަކުން އެ މަންޒަރު ވެސް ފެންނާނެ ކަމަށެވެ. އަދި ބައްޕަ ދަރުމެންދުރަ އާއި ދަރިފުޅު ކަރަންއާ އެކު އެ ފިލްމެއްގައި މަސައްކަތް ކުރާނެ ފުރުސަތު ލިބިއްޖެ ނަމަ ވަރަށް އުފާވާނެ ކަމަށް ވެސް އެ އިންޓަވިއުގައި ސަނީ ބުނެފައިވެ އެވެ.