އަމީން، ޑަބްލިއުއެޗްއޯގެ އިސްވެރިޔާއާ ބައްދަލުކުރައްވައިފި
އަމީން، ޑަބްލިއުއެޗްއޯގެ އިސްވެރިޔާއާ ބައްދަލުކުރައްވައިފި

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދްނަމަންއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

އަމީން، ޑަބްލިއުއެޗްއޯގެ އިސްވެރިޔާއާ ބައްދަލުކުރައްވައިފި
އަމީން، ޑަބްލިއުއެޗްއޯގެ އިސްވެރިޔާއާ ބައްދަލުކުރައްވައިފި

ހެލްތު މިނިސްޓްރީން ބުނީ ސައުދީ އަރަބިއްޔާ އަށް މިނިސްޓަރު އަމީން ކުރައްވާ ދަތުރުގައި، ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލާ ބައްދަލު ކުރައްވައި، ޖަޒީރާ ގައުމުތަކުގައި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމުގައި އަމަލު ކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.

އަމީން، ޑަބްލިއުއެޗްއޯގެ އިސްވެރިޔާއާ ބައްދަލުކުރައްވައިފި
އަމީން، ޑަބްލިއުއެޗްއޯގެ އިސްވެރިޔާއާ ބައްދަލުކުރައްވައިފި

އެގޮތުން، ސިއްހީ ފަރުވާ އަށް އެއް ތަނުން އަނެއް ތަނަށް ދަތުރުކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި ފަރުވާދޭ މަތީ ފެންވަރުގެ މީހުން ހޯދުމަށް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ. ހެލްތު މިނިސްޓްރީން ބުނި ގޮތުގައި މީހުން ތަމްރީން ކުރުމާ ބެހޭ ގޮތުން ވެސް ވަނީ މަޝްވަރާކޮށްފަ އެވެ.

މިނިސްޓަރު އަމީން ސައުދީ އަށް ވަޑައިގަތީ އެ ގައުމުގައި ކުރިއަށް ގެންދާ ބަލި މީހުން ރައްކާތެރިކަމާ ގުޅޭ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށެވެ. "ޕޭޝަންޓް ސޭފްޓީ"އާ ގުޅޭ ހަތަރު ވަނަ ގްލޯބަލް މިނިސްޓީރިއަލް ބައްދަލުވުން މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެއީ، ބަލި މީހުންގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ކުރަން ޖެހޭ މަސައްކަތްތަކަށް ގައުމުތައް އަހުލުވެރި ކުރުވައި، އެކަމާ ގުޅިގެން ގައުމުތަކުން ކުރާ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށާއި އެހީ ބޭނުންވާ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެއް ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ 50 ގައުމެއްގެ ވަޒީރުންނާއި ޑަބްލިއުއެޗްއޯގެ އިތުރުން އެހީދޭ ޖަމިއްޔާތަކުގެ އިސް ވެރިން ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުމުގައި ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން "ޖިއްދާ ޑެކްލަރޭޝަން އޮން ޕޭޝަންޓް ސޭފްޓީ"ގައި ސޮއިކުރުމަށް ގައުމުތަކުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.