01 މާޗް 2019 - 23:19

ހުޅުމާލޭގައި މަގު ހުރަސްކުރި މާބަނޑު އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި މިރޭ ހިނގި އެކްސިޑެންޓެއްގައި އޭނާ އަށް އަނިޔާވެއްޖެ އެވެ.
އެކްސިޑެންޓްގައި މާބަނޑު މީހާގެ ބޯ ފަޅައިގެން ދިއުންް ފިޔަވައި އިތުރު އަނިޔާާއެއް ނުލިބެ އެވެ.
ފުލުހުން ބުނީ އެކްސިޑެންޓް ހިނގި ތަނުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ނަމަވެސް ހާދިސާއާ ބެހޭ އިތުރު ތަފުސީލު އަދި ނުލިބޭ ކަމަށް ވެސް ބުންޏެވެ. އެކްސިޑެންޓްގައި އަނިޔާވި 31 އަހަރުގެ މީހާ އަށް ހުޅުމާލެ ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.
"އެކްސިޑެންޓް ސީންގައި ފުލުހުން ހަރަކާތްތެރި ވަމުން އަންނަނީ. އިތުރު ތަފްސީލެއް އަދި ނުލިބޭ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.