ޓެޒްލާގެ އެންމެ ފަހުގެ ކާރަށް އޯޑަރު ނަގަން ފަށައިފި
ޓެޒްލާގެ އެންމެ ފަހުގެ ކާރަށް އޯޑަރު ނަގަން ފަށައިފި

އިލެކްޓްރިކް ކާރު އުފެއްދުމަށް މަޝްހޫރު ޓެޒްލާގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ "މޮޑެލް 3" އަށް އޯޑަރު ނަގަން ފަށައިފި އެވެ.

ބަލައިލަން ވެސް އެހާމެ ޗާލުކޮށް އަދި ހިތްގައިމު ފީޗާތަކެއް ވެސް ހިމަނައިގެން ތައްޔާރުކޮށްފައިވާ މޮޑެލް 3 ގެ އިލެކްޓްރިކް ކާރުގެ އަގު ފެށެނީ 35،000 ޑޮލަރުންނެވެ. މީގެ ހަތަރު ކުލައެއް ލިބޭނެ އެވެ. އެއީ ކަޅާއި ރަތާއި ހުދާއި ނުލެވެ. އަދި މޮޑެލް ތިނެއްގައި ހަ ރޭންޖެއްގެ ކާރު ހިމެނެ އެވެ.

ޓެޒްލާގެ އެއް ބާނީ އީލޮން މަސްކް ވިދާޅުވި ގޮތުގައި އޯޑަރުތައް މި ފަހަރު ނަގަނީ މުޅިން ވެސް އޮންލައިންކޮށެވެ. އޭނާ ވިދާޅުވީ "މިއީ 2019" ކަމަށާއި "ގިނަ ބަޔަކު މިހާރު ވިޔަފާރިކުރަނީ އޮންލައިންކޮށް" ކަމަށެވެ.

އީލޮން ވަނީ މޮޑެލް ތިނެއްގެ މުހިއްމު ފީޗާ ވެސް ފާހަގަކުރައްވައި، މޮޑެލް 3 ގެ ކާރުގެ ވީޑިއޯއެއް ވެސް ޓްވީޓާގައި ހިއްސާ ކުރައްވައިފަ އެވެ.

އެމެރިކާގައި މި މަހުން ފެށިގެން ޓެޒްލާގެ މޮޑެލް 3 ގެ ވިޔަފާރި ފެށި ނަމަވެސް ޔޫރަފްގެ ގައުމުތަކާއި ޗައިނާ ފަދަ ގައުމުތަކުގައި މި މޮޑެލްގެ ވިޔަފާރި ފެށޭނީ ކުރިއަށް އޮތް ތިނެއް ނުވަތަ ހަ މަހުގެ ތެރޭގައި ކަމަށް ޓެޒްލާ މޮޓޯސް އިން ބުންޏެވެ.

މޮޑެލް 3 އިއުލާން ކުރީ މީގެ ތިން އަހަރު ކުރިން 2016 ގަ އެވެ.