ކޮރަޕްޓް މެމްބަރުން ހުއްޓުވޭނީ ރައްޔިތުންނަށް!
ކޮރަޕްޓް މެމްބަރުން ހުއްޓުވޭނީ ރައްޔިތުންނަށް!

"އިންތިހާބަށް އަހަރެން ކުރާނެ ކެމްޕެއިނެއް، ދައްކާނެ ވާހަކައެއް ނެތް."

ކޮރަޕްޓް މެމްބަރުން ހުއްޓުވޭނީ ރައްޔިތުންނަށް!
ކޮރަޕްޓް މެމްބަރުން ހުއްޓުވޭނީ ރައްޔިތުންނަށް!

މިފަހަރުގެ މަޖިލިސް އިންތިޚާބުގައި ވާދަކުރާ މަޝްހޫރު ވިޔަފާރިވެރިޔަކު ބުންޏެވެ. ނުސީދާކޮށް އޭނާ އެ އިޝާރާތްކުރީ، ކުރަން އޮތް ހަމައެކަނި ކެމްޕެއިނަކީ ފައިސާ ބެހުމަށް ކަމަށް ވެދާނެ އެވެ. ރަނގަޅެވެ. އޭނާ އަށް މަޖިލީހަށް ވަދެވިދާނެ އެވެ. މީގެ ކުރިން ވެސް އޭނާ ވަނީ މަޖިލީހަށް ވަދެފަ އެވެ. އޭރު ވެސް އަމަލުކުރި އުސޫލަކީ އެއީ ކަމަށް ވެދާނެ އެވެ.

ކޮރަޕްޓް މެމްބަރުން ހުއްޓުވޭނީ ރައްޔިތުންނަށް!
ކޮރަޕްޓް މެމްބަރުން ހުއްޓުވޭނީ ރައްޔިތުންނަށް!

އެހެންވީމާ މަޖިލީހަށް ވަދެވުމާ އެކު އޮންނާނީ އެ ފައިދާ އިއާދަކުރުމެއް ނޫން ހެއްޔެވެ؟ ރައްޔިތުންގެ މަޖިލީހުން ފެންނަނީ ފައިސާ އާއި ބާރާއި ނުފޫޒެވެ. ވޯޓު ވެސް ވިއްކާލަނީ އެވެ. ހަގީގަތުގައި އެކަމުގެ އިނގިލި ނުސީދާކޮށް ރައްޔިތުންނާ ދިމާލަށް ވެސް ދިއްކުރަން އެބަ ޖެހެ އެވެ. ރައްޔިތު މީހާ ވެސް އިންތިހާބުގައި މިއޮންނަނީ ވޯޓް ވިއްކާލައިފަ އެވެ.

ކޮރަޕްޓް މެމްބަރުން ހުއްޓުވޭނީ ރައްޔިތުންނަށް!
ކޮރަޕްޓް މެމްބަރުން ހުއްޓުވޭނީ ރައްޔިތުންނަށް!

މިދިޔަ ސަރުކާރުގައި، އެސްޓީއޯ ތެލުގެ ބައެއް ވިޔަފާރިއަށް ބަލައިލިޔަސް އެ މަންޒަރު ސާފުވާނެ އެވެ. އެސްޓީއޯއިން އަގު ހެޔޮކޮށް ތެޔޮ ނަގަނީ މެމްބަރެވެ. އެ މެމްބަރު އެ ތެޔޮ ބޮޑު އަގުގައި ވިއްކަނީ ރައްޔިތުންގެ އިންޖީނުގެތަކަށެވެ. ނުސީދާ ގޮތެއްގައި މެމްބަރު އެ ފައިސާ ނަގަނީ ރައްޔިތުންގެ ކަރަންޓް ބިލުންނެވެ. އެ ލިބޭ ފައިސާއިން ހަރަދު އެ ކުރަނީ ވޯޓް ގަތުމަށެވެ. ވެނަށް ވެންމަސް ކާންދޭ އުސޫލުންނެވެ.

ދެން އޮތީ މެމްބަރުންގެ ނުފޫޒުގެ ވާހަކަ އެވެ. ކުށްވެރިޔަކު ޖަލުން ސަލާމަތް ކުރަން ނުވަތަ ޝަރީއަތުގައި އޮތް މައްސަލައެއް ވަކި ގޮތަކަށް ނިންމުމަށް މެމްބަރުން ގާތަށް ދާ ރައްޔިތުން ގިނަ އެވެ. އަދި ވަކިން ހާއްސަކޮށް ސަރުކާރާއި ސަރުކާރު ކުންފުނިތަކުގެ ވަޒީފާ ވެސް މެމްބަރު ދޭ ލިސްޓަކަށް ލިބެ އެވެ. ބޭސްފަރުވާ ވިޔަސް ހަމަ އެހެންނެވެ. ފަސޭހައިން ލިބެން އޮންނަނީ މެމްބަރުގެ ނުފޫޒު ފޯރުވައިގެންނެވެ. ވިޔަފާރި ކުންފުނިތަކަށް ޕްރޮޖެކްޓްތައް ވެސް، އަދި ލިބެން ޖެހޭ ފައިސާ ހޯދަނީ ވެސް މެމްބަރު ހިމެނޭ ގޮތަށެވެ. މެމްބަރަށް 'ކަޓެއް" ލައިފަ އެވެ.

ގިނަ ސަބަބުތަކާ ހުރެ މިހާރު މަޖިލިސް ވެފައިވަނީ މުޅިން ވެސް ޑީލުން ކަންކަން ނިންމާ ތަނަކަށެވެ. ރައްޔިތުންގެ މަސްލަހަތެއް، ގައުމުގެ މަސްލަހަތައް ބެލުމެއް ނެތެވެ.

މަޖިލީހުގެ އާ އިންތިހާބު ކައިރިވާ އިރު ވެސް ހާލަތަކީ މިއީ އެވެ. ކޮރަޕްޝަނާއި ފަސާދައިގެ ބޮޑެތި ތުހުމަތުތައް ކުރެވޭ މެމްބަރުން އެ ތިއްބެވީ ވޯޓު ގަންނަން ނުކުމެ އެވެ. ފައިސާގައި ނުޖެހި ސާފު ކެމްޕެއިނެއް ކުރާ ކެންޑިޑޭޓަކު މަދުވާނެ އެވެ.

ސިޔާސީ ބޭފުޅުންގެ ކޮރަޕްޝަން ހުއްޓުވުމަށް އެންމެ ބޮޑަށް ބާރުއަޅާ، ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ އެޑްވޮކަސީ އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރު އައިމަން ރަޝީދު ވިދާޅުވިގޮތުގައި މައިގަނޑު ސަބަބަކީ މަޖިލީހުގެ މެމްބަރުން ޖަވާބުދާރީ ކުރެވޭނެ ގޮތްތަކެއް ނެތުން ކަމަށާއި އޭގެ ސަބަބުން މުޅި ދައުލަތް ފެއިލްވެފައިވާ ކަމަށެވެ.

"މާލީ ބަޔާން ހުށަހަޅަން ޖެހޭ ރަނގަޅު ނިޒާމެއް ނެތް. ހުށަހަޅާ ބަޔާން ރަނގަޅުތޯ ކަށަވަރު ކުރެވޭކަށް ނެތް. ހުށަނޭޅީމަ އެޅޭނެ ފިޔަވަޅެއް ވެސް ނެތް. ނުހައްގު މުއްސަނދިކަން ބެލޭނެ ގޮތެއް ނެތް،" އައިމަން ވިދާޅުވި އެވެ.

އެކަމަކު މަޝްހޫރު ގާނޫނީ ވަކީލް ހުސައިން ޝަމީމް ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާރު އޮތް ނިޒާމުން އެކަންކަން ހުއްޓުވެން ވެސް އެބަ އޮތެވެ. ކޮރަޕްޝަންގެ މައްސަލައެއް މެމްބަރަކު ހިންގައިފި ނަމަ އޭސީސީއިން އެކަން ބަލައި ޕީޖީއަށް ދައުވާ ކުރެވެ އެވެ. އަދި ކޯޓުން ހުކުމްކޮށް އެ މެމްބަރަކާ ދޭތެރޭ ފިޔަވަޅު ވެސް އެޅެން އެބަ އޮތެވެ.

އެކަމަކު އޭނާ ވިދާޅުވި ގޮތުގައި ހުރިހާ ވެސް މައްސަލައަކީ ޑީލް ހަދައިގެން އެ ސިސްޓަމް ހުއްޓުވާތީ އެވެ.

"އެމީހާއަށް އެނގޭ ވައްކަން ކޮށްފައި ޕީޖީ އާއި ނޫނީ އޭސީސީއާ ޑީލް ހެދިދާނެކަން. އެހެންވީމަ ކޮރަޕްޝަން ހިންގާކަށް ޖެހިލުމުނެއް ނުވޭ،" ކުރިން ޑެޕިއުޓީ ޕީޖީކަން ވެސް ކުރެއްވި ޝަމީމް ވިދާޅުވި އެވެ.

"[ރަނގަޅު] ސިސްޓަމެއް އެބަ އޮތް. މައްސަލައަކީ އެކަން ތަންފީޒު ނުވާތީ."

ރަނގަޅު މެމްބަރުން މަޖިލީހަށް ހޮވުމުގެ ބާރު ވެސް އޮތީ ހަމަ ރައްޔިތުންނަށެވެ. ޕާޓީތަކުގެ ތެރެއިން ވެސް ނަޒާހަތްތެރި މީހުންނަށް ފުރުސަތު ފަހިކޮށްދޭން ޖެހެ އެވެ. މީގެ އެންމެ މުހިންމު ކަމަކީ ނަޒާހަތްތެރި މީހަކު ހޮވުމެވެ. އޭރުން ވައްކަމާއި ފަސާދަ މަޖިލީހުގެ ތެރެއިން ހުއްޓޭނެ އެވެ. ހަމަ އެހެންވެ މަޖިލީހުގެ މެމްބަރުން ޖަވާބުދާރީ ކުރެވޭނެ ގޮތްތަކެއް އޮންނަން ޖެހެ އެވެ.

ގާނޫނު ހަދާ މަޖިލީހަށް ކޮންމެހެން ވަކީލުން އައްޔަން ކުރާކަށް ނުޖެހެ އެވެ. އަދި ތައުލީމީ ގޮތުން މަތީ ފާސްތަކެއް އޮންނާކަށް ވެސް ނުޖެހެ އެވެ. އެހެންކަމުން ޝަމީމް ވިދާޅުވި ގޮތުގައި ރައްޔިތުން ތަމްސީލު ކުރަން އެންމެ ރަނގަޅީ ރައްޔިތުން ދައްކާ ވާހަކަ އަޑު އެހުމުގެ ގާބިލްކަން ހުރި މީހުންނެވެ.

"ރާއްޖޭގެ ގިނަ ސިޔާސީ މީހުންނަކީ އަޑު އެހުމުގެ ބަދަލުގައި ވާހަކަ ދައްކާ މީހުން. އޭގެ ބަދަލުގައި ބޭނުންވަނީ ކެތްތެރިކަމާ އެކު އަޑުއަހާނެ މީހުން. އެ މީހުން ރައްޔިތުންގެ ވިސްނުމަށް ކަންކުރާނީ،" ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކެންޑިޑޭޓަކީ ކޮން ކަހަލަ ރެކޯޑެއް އޮތް މީހެއްތޯ ބަލަން ޖެހެ އެވެ. ސަބަބަކީ ޕާޓީ ބަދަލުކުރުމާއި ކޮރަޕްޝަން ހިންގުމުގައި ތިބި މީހުންނަކީ އޭރަކު ސިޔާސީ ގޮތުން ފައިދާ ހުރި ގޮތަކަށް ބަދަލުވާ މީހުން ކަމަށް ވާތީ އެވެ. މިހާރުވެސް އެފަދަ ކެންޑިޑޭޓުން ގިނަކަން އޭނާ ފާހަގަކުރެއްވި އެވެ.

"ކޮޅަކަށް ލެނބޭ މީހަކަށް ވެއްޖެއްޔާ އެކޮޅަކަށް ލެނބެމުން ލެނބެމުން ގޮސް ހުސްވަނީ. އޭގެ ބަދަލުގައި ވަކި އުސޫލެއްގައި ތިބޭ ގޮތަކަށް ތިބޭ މީހުން، ކޮރަޕްޝަންގެ ތުހުމަތެއް އެއްވެސް ވަރަކަށް ނެތް މީހަކަށް ވާން ޖެހޭ،" ޝަމީމް ވިދާޅުވި އެވެ.

ފުރަތަމަ ކަމަކަށް ރަނގަޅު މާލީ ބަޔާނުގެ ނިޒާމެއް ގާއިމް ކުރަން ޖެހެ އެވެ. މިހާރު މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް އޮތް ނަމަވެސް އެކަމަށް ޒިންމާ ކުރެވޭނެ ގޮތެއް ނެތެވެ. އޭގެ ބަދަލުގައި މެމްބަރުގެ މުޅި މިލްކިއްޔާތު ބެލުމަށްޓަކައި އެމީހެއްގެ އާއިލާ މީހުންގެ މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް ނިޒާމް ބަދަލު ކުރަން ޖެހެ އެވެ. އަދި އެ މާލީ ބަޔާންތަކުގެ ސައްހަކަން ޔަގީން ކުރަން މިނިވަން ބަޔަކާ ހަވާލު ކުރަން ވެސް ޖެހެ އެވެ.

"މިހާރު ވިޔަފާރިތައް މިހުންނަނީ އަނބިދަރިންގެ ނަންމަތީ. ނޫނީ ތިމާގެ ކޮންމެވެސް މީހެއްގެ ނަންމަތީ. އެކަން ބެލޭނެ އާއިލާގެ މާލީ ބަޔާން ހުށަހަޅަން ޖެހި، އެކަން ރަނގަޅަށް ބެލޭނެ ގޮތްތަކެއް ކަނޑައެޅުމުން،" ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރައްވާ ބޭފުޅަކު، ނަން ހާމަނުކުރަން އެދިވަޑައިގެން، ވިދާޅުވި އެވެ.

އައިމަން ވިދާޅުވި ގޮތުގައި މަޖިލިސް ޒިންމާދާރު ކުރުމަށްޓަކައި ވަކި އަދަދަކަށް ރައްޔިތުން ސޮއިކޮށް ހުށަހަޅާ ކަންކަން ބަލަން ޖެހޭނެ ނިޒާމެއް ގާއިމް ކުރަން ޖެހެ އެވެ. އޭރުން މެމްބަރަކާ މެދު ކުރެވޭ ޝަކުވާއެއް ނަމަވެސް ނުވަތަ މުޅި މަޖިލީހުން ޒިންމާވާން ޖެހޭ ކަމެއް ކަމަށް ވިޔަސް، ބެލޭނެ އެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި މަޖިލިސްތަކުގެ ކޮމެޓީތަކަކީ ވަރަށް ބާރުގަދަ ތަނަކަށް ވާއިރު ރާއްޖޭގައި ވެސް އެ ނިޒާމަށް ބަދަލުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އައިމަން އެ ވިދާޅުވި ކަންކަން ނިންމަން ވެސް ތިބީ ހަމަ އެއްކަލަ މެމްބަރުންނެވެ. އެހެންވީމާ މީގައި ހުރިހާ ބާރެއް، ފަސް އަހަރު ފަހުން، އަނެއްކާވެސް ލިބިފައި މި އޮތީ ރައްޔިތުންނަށެވެ. ނަޒާހަތްތެރި އަދި ރައްޔިތުންގެ ބަސް އަހާނެ މެމްބަރުން ހޮވަންވީ އެވެ. ވޯޓަކީ މަދު ފައިސާކޮޅަކަށް ނުވަތަ އެއާ ކޮންޑިޝަނަކަށް ވިއްކާލެވޭ އެއްޗަކަށް ނުހަދަންވީ އެވެ.