ޕާކިސްތާނުން ވައިގެ ހަމަލާދީ އިންޑިއާގެ ހަނގުރާމަ މަތީ ދެ ބޯޓު ވައްޓާލައިފި
ޕާކިސްތާނުން ވައިގެ ހަމަލާދީ އިންޑިއާގެ ހަނގުރާމަ މަތީ ދެ ބޯޓު ވައްޓާލައިފި

އިސްލާމްއާބާދު (ފެބްރުއަރީ 27) - ކަޝްމީރުގައި އިންޑިއާ އިން ކޮންޓްރޯލް ކުރާ ސަރަހައްދަށް ވަރުގަދަ ވައިގެ ހަމަލާތަކެއްދީ އިންޑިއާގެ ހަނގުރާމަ މަތީ ދެ ބޯޓު ވައްޓާލާފައިވާ ކަމަށް ޕާކިސްތާނުން ބުނެފި އެވެ.

ޕާކިސްތާނުން ވައިގެ ހަމަލާދީ އިންޑިއާގެ ހަނގުރާމަ މަތީ ދެ ބޯޓު ވައްޓާލައިފި
ޕާކިސްތާނުން ވައިގެ ހަމަލާދީ އިންޑިއާގެ ހަނގުރާމަ މަތީ ދެ ބޯޓު ވައްޓާލައިފި

ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ބުނީ ވައްޓާލި ބޯޓުން ޕައިލެޓަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ޕާކިސްތާނުން ވައިގެ ހަމަލާދީ އިންޑިއާގެ ހަނގުރާމަ މަތީ ދެ ބޯޓު ވައްޓާލައިފި
ޕާކިސްތާނުން ވައިގެ ހަމަލާދީ އިންޑިއާގެ ހަނގުރާމަ މަތީ ދެ ބޯޓު ވައްޓާލައިފި

ޕާކިސްތާނުގެ އަސްކަރިއްޔާގެ ތަރުޖަމާން މޭޖާ ޖެނެރަލް އާސިފް ޣަފޫރު ވިދާޅުވީ ވައްޓާލީ ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަން އިންޑިއާގެ ދެ ޖެޓް ކަމަށެވެ.

އިންޑިއާ އިން ބުނެފައި ވަނީ ޕާކިސްތާނުގެ ހަނގުރާމަ މަތީ ތިން ބޯޓެއް ކަޝްމީރުގައި އިންޑިއާ އިން ކޮންޓްރޯލް ކުރާ ސަރަހައްދަށް ވަދެފައިވާ ކަމަށާއި ނަމަވެސް އިންޑިއާގެ ހަނގުރާމަ މަތީ ބޯޓުތަކުން ހުރަސް އެޅުމުން އެ ބޯޓުތައް އަނބުރާ ދިޔަ ކަމަށެވެ. ޕާކިސްތާނުން ހަމަލާދީފާނެ ކަމުގެ އިންޒާރާ ގުޅިގެން އިންޑިއާގެ އުތުރުގެ ހަތަރު އެއާޕޯޓް މިއަދު ވަނީ ބަންދުކޮށްފަ އެވެ. އޭގެ ތެރޭގައި ކަޝްމީރުގެ މައި އެއާޕޯޓް ވެސް ހިމެނެ އެވެ.

އިންޑިއާ ފުލުހުން ބުނެފައި ވަނީ އިންޑިއަން އެއާ ފޯސްގެ މަތިންދާ ބޯޓެއް ކަޝްމީރަށް މިއަދު ވެއްޓިފައިވާ ކަމަށެވެ. އަދި އޭގެ ދެ ޕައިލެޓުންނާއި އާއްމުންގެ މީހަކު މަރުވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ. އެ ބޯޓު ވައްްޓާލީ ކަމެއް ނުވަތަ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ވެއްޓުނީ ކަމަކަށް އިންޑިއާ އިން ނުބުނެ އެވެ.

އިންޑިއާ އިން އިއްޔެ ވަނީ ޕާކިސްތާނުގެ ސަރަހައްދަށް ވަދެ ޖައިޝީ މުހައްްމަދުގެ މައި ކޭމްޕަށް ވައިގެ ހަމަލާދީފަ އެވެ. އިންޑިއާގެ މީޑިއާތަކުން ބުނެފައި ވަނީ ހަނގުރާމަވެރިންގެ 300 މީހުން މަރާލާފައިވާ ކަމަށެވެ.