26 އޯގަސްޓް 2016 - 22:54

ޝާހިދު ކަޕޫރުގެ އަންހެނުން މީރާ ރާޖްޕޫތަށް އަންހެން ކުއްޖަކު ލިބިއްޖެ އެވެ. ޝާހިދު ކުރި ޓުވީޓެއްގައި މިކަން ވަނީ ޔަގީން ކޮށްދީފަ އެވެ.
"އަންހެން ދަރިފުޅު އަތުވެއްޖެ. ލިބުނު އުފާ ބަޔާން ކުރަން ދަތި. ހެޔޮ އެދުން ފޮނުވި އެންމެންނަށް ޝުކުރު އަދާކުރަން،" ޝާހިދު ބުނެފައިވެ އެވެ.
ޝާހިދުގެ ޓުވީޓާއެކު އޭނާގެ ފޭނުން ސޯޝަލް މީޑިއާގައި އޭނާއަށް ދަނީ ތަހުނިޔާ ކިޔަމުންނެވެ.
މުމްބާއީގެ ހިންދޫޖާ ހޮސްޕިޓަލުގައި މީރާ އެޑްމިޓްކުރިތާ ދެތިން ދުވަހެއް ވެއްޖެ އެވެ. އިއްޔެގެ ވަގުތެއްގައި ޝާހިދުގެ ބައްޕަ ޕަންކަޖު ކަޕޫރާއި ދޮންމަންމަ ސުޕްރިޔާ ޕާތަކް ހޮސްޕިޓަލަށް ވަންނަނިކޮށް ނޫސްވެރިންނަށް ފެނިފައިވެ އެވެ. އެކަމަކު މީރާ ވިހެއީ އިއްޔެ ކަމެއް ނުވަތަ މިއަދު ކަމެއް އާއިލާ އިން ހާމަކޮށްފައެއް ނުވެ އެވެ. މީރާ ވިހާނެ ކަމަށް ޑޮކްޓަރުން ލަފާކޮށްފައި އޮތީ އަންނަ މަހު އެވެ.