ހީރޯޝިމާގެ ހަނދާންތައް ފޮހެވިގެން ނުދާނެ: އޮބާމާ
ހީރޯޝިމާގެ ހަނދާންތައް ފޮހެވިގެން ނުދާނެ: އޮބާމާ

ޓޯކިޔޯ (މެއި 27) - އޮގަސްޓް 6، 1945 ގައި ޖަޕާނުގެ ހީރޯޝީމާ އަށް އެމެރިކާ އިން އެޅި ނިއުކްލިއާ ބޮމުގެ ހަނދާންތައް ދުވަހަކު ވެސް ފުހެވިގެން ނުދާނެ ކަމަށާއި އެކަމަކު ދުނިޔޭގެ ފުރަތަމަ ނިއުކްލިއާ ހަމަލާ އަށް އެމެރިކާ އިން މައާފަށް ނޭދޭނެ ކަމަށް ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

ހީރޯޝިމާގެ ހަނދާންތައް ފޮހެވިގެން ނުދާނެ: އޮބާމާ
ހީރޯޝިމާގެ ހަނދާންތައް ފޮހެވިގެން ނުދާނެ: އޮބާމާ

ހީރޯޝިމާ އަށް ދިން ނިއުކްލިއާ ބޮމުގެ ހަމަލާގައި ވަނީ 140،000 މީހުން މަރުވެފަ އެވެ. އޭގެ ތިން ދުވަސް ފަހުން ނަގަސާކީ އަށް ދިން ދެ ވަނަ ހަމަލާގައި ވަނީ 74،000 މީހުން މަރުވެފަ އެވެ.

ހީރޯޝިމާގެ ހަނދާންތައް ފޮހެވިގެން ނުދާނެ: އޮބާމާ
ހީރޯޝިމާގެ ހަނދާންތައް ފޮހެވިގެން ނުދާނެ: އޮބާމާ

ބޮޑު ވަޒީރު ޝިންޒޯ އަބޭގެ އަރިހުގައި ހީރޯޝިމާގެ ޕީސް މެމޯރިއަލް މިއުޒިއަމަށް ވަޑައިގެން އޭގެ ފަހުން ވަނީ ޕީސް މެމޯރިއަލް ޕާކަށް ވަޑައިގެންފަ އެވެ. އެއަށް ފަހު އޮބާމާ ދެއްވި ތަގްރީރުގައި ވަނީ ނިއުކްލިއާ ހަތިޔާރު ނެތް ތަނަކަށް ދުނިޔެ ހެދުމަށް މަސައްކަތް ކުރުމަށް އެދިވަޑައިގެންފަ އެވެ. އަދި ހީރޯޝިމާގެ ހިތި ހަނދާންތަކުގެ މަތިން ހަނދާން ނުނެތޭނެ ކަމަށް ވިދާޅުވި އެވެ.

ތަގްރީރަށް ފަހު އޮބާމާ ވަނީ ހީރޯޝިމާ ހަމަލާ އިން ސަލާމަތްވި އުމުރުން 79 އަހަރުގެ ޝިގިއަކީ މޯރީ އާއި 91 އަހަރުގެ ސުނާއޯ ސޫބިއޯއާ ބައްދަލު ކުރައްވައިފަ އެވެ.

އޮބާމާގެ ދަތުރުފުޅާ ދިމާކޮށް މެމޯރިއަލް އަށް ޒިޔާރަތްކުރި، ނިއުކްލިއާ ހަމަލާ އިން ސަލާމަތްވި މީހެއްގެ 58 އަހަރުގެ އަންހެން ދަރިއެއް ކަމަށްވާ ހެން ޖިއޮން-ސޫން ބުނީ ބޮމުގެ ހަމަލާގެ ހިތިކަން ޖަޕާނުގެ އެތައް ދަރިކޮޅަކަށް ދެމިގެން ގޮސްފައިވާ ކަމަށެވެ. އަދި އޭނާގެ ބޭނުމަކީ އެ ހިތިކަން އޮބާމާ އަށް ވެސް ވިސްނިވަޑައިގަތުން ކަމަށް ބުންޏެވެ.

ހީރޯޝިމާ އަށް ދިން ބޮމުގެ ހަމަލާގެ ގެއްލުން ކިތަންމެ ބޮޑު ނަމަވެސް އެމެރިކާގެ ގިނަ މީހުން ގަބޫލް ކުރަނީ އެއީ ރަނގަޅު ހަމަލާއެއް ކަމަށެވެ. ސަބަބަކީ ދެ ވަނަ ބޮޑު ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޖަޕާނުން އަމާން ދިނީ އެ ހަމަލާގެ ސަބަބުން ކަމަށްވާތީ އެވެ.