ދުޅަހެޔޮ ދިރިއުޅުމަށް ޝައުގުވެރިކުރުވަން އިސްކަންދަރުގައި ޕްރޮގްރާމެއް ފަށައިފި
ދުޅަހެޔޮ ދިރިއުޅުމަށް ޝައުގުވެރިކުރުވަން އިސްކަންދަރުގައި ޕްރޮގްރާމެއް ފަށައިފި

ދުޅަހެޔޮ ދިރިއުޅުމަކަށް ދަރިވަރުން ޝައުގުވެރިކުރުވަން އިސްކަންދަރު ސްކޫލުގައި ހާއްސަ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.

ދުޅަހެޔޮ ދިރިއުޅުމަށް ޝައުގުވެރިކުރުވަން އިސްކަންދަރުގައި ޕްރޮގްރާމެއް ފަށައިފި
ދުޅަހެޔޮ ދިރިއުޅުމަށް ޝައުގުވެރިކުރުވަން އިސްކަންދަރުގައި ޕްރޮގްރާމެއް ފަށައިފި

"އެކްޓިވް ޗައިލްޑް ޕްރޮގްރާމް"ގެ ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމުގައި އެ ސްކޫލުގެ ގްރޭޑު 1-10 އަށް ކިޔަވަމުން އަންނަ 2230 ދަރިވަރުން ބައިވެރިވާނެ އެވެ.

ދުޅަހެޔޮ ދިރިއުޅުމަށް ޝައުގުވެރިކުރުވަން އިސްކަންދަރުގައި ޕްރޮގްރާމެއް ފަށައިފި
ދުޅަހެޔޮ ދިރިއުޅުމަށް ޝައުގުވެރިކުރުވަން އިސްކަންދަރުގައި ޕްރޮގްރާމެއް ފަށައިފި

އިސްކަންދަރުގެ ޕްރިންސިޕަލް ހުސެއިން ސައީދު ވިދާޅުވީ ދަރިވަރުން ކްލާސްރޫމުގެ ތެރޭގައި މާ ގިނަ ވަގުތު ހޭދަކުރުމަކީ ކިޔެވުމަށް ދޭ ސަމާލުކަން ކުޑަވެގެންދާނެ ކަމެއް ކަމަށް ދިރާސާތަކުން ދައްކާ ކަމަށެވެ. އެހެންވެ ކޮންމެ މާއްދާއެއް ކިޔަވައިދޭން ފެށުމުގެ ކުރިން ކްލާސްރޫމުގައި ހަރަކާތެއް ހިންގަން ނިންމީ ކަމަށް ވިދާޅުވި އެވެ.

"އެކްޓިވްކޮށް އުޅެލުމުން ކިޔެވުމަށް ޝައުގުވެރިކަން އުފެދޭނެކަމަށް ދިރާސާތަކުން ދައްކާ. އެހެންވެ އެގޮތަށް މިއަދުން ފެށިގެން މި ފެށީ،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ޕްރޮގްރާމް ފެށީ ޓީޗަރުންނާއި ބައެއް ދަރިވަރުން ތަމްރީނުކުރުމަށްފަހު ކަމަށެވެ. ކިޔެވުން ފެށުމުގެ ކުރިން ކްލާސްރޫމު ތެރޭގައި އެކްޓިވްކޮށް އުޅޭނެ ކަމަށް ވިދާޅުވި އެވެ.

އާދަކާދަ އޮންނަގޮތުން ދަރިވަރުންގެ ހަރަކާތްތައް މަދުކަމަށާއި ސްކޫލުގައި އެކަހަލަ ޕްރޮގްރާމެއް ފެށުމުން ގިނަ ދަރިވަރުންނަށް ބައިވެރިވެވޭނެ ކަމަށް ވިދާޅުވި އެވެ.