ރޭލުގައި ދެ ދުވަސް ހޭދަ ކުރެއްވުމަށް ފަހު ކިމް ވިއެޓްނާމުގައި
ރޭލުގައި ދެ ދުވަސް ހޭދަ ކުރެއްވުމަށް ފަހު ކިމް ވިއެޓްނާމުގައި

ހެނޮއި (ފެބްރުއަރީ 26) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ވިއެޓްނާމުގައި މާދަމާ ފަށާ ސަމިޓަށް ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން މިއަދު އެ ގައުމަށް ވަޑައިގެންފި އެވެ.

ރޭލުގައި ދެ ދުވަސް ހޭދަ ކުރެއްވުމަށް ފަހު ކިމް ވިއެޓްނާމުގައި
ރޭލުގައި ދެ ދުވަސް ހޭދަ ކުރެއްވުމަށް ފަހު ކިމް ވިއެޓްނާމުގައި

ކިމް ވިއެޓްނާމަށް ވަޑައިގެންނެވީ އަސްކަރީ ރޭލުގައި ގާތްގަނޑަކަށް ދެ ދުވަހާއި ބައި ހޭދަ ކުރެއްވުމަށް ފަހު އެވެ. ވިއެޓްނާމުގެ ބޯޑަރުގައިވާ ސްޓޭޝަނަށް ރޭލުގައި ވަޑައިގަތުމާ އެކު ވަނީ ރަތް ދޫލައިގެ މަރުހަބާއެއް ކިޔައިފަ އެވެ. އަދި ގާޑް އޮފް އޮނާއެއް އެރުވުމަށް ފަހު ނޯތު ކޮރެއާ އާއި ވިއެޓްނާމުގެ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ވަނީ ބާއްވައިފަ އެވެ. ކިމް ދަތުރު ކުރައްވަނީ ލަގްޒަރީ ރޭލެއްގަ އެވެ. އެ ރޭލް ހަދާފައި ވަނީ ވަޒަން ނާރާ ގޮތަށެވެ.

ރޭލުގައި ދެ ދުވަސް ހޭދަ ކުރެއްވުމަށް ފަހު ކިމް ވިއެޓްނާމުގައި
ރޭލުގައި ދެ ދުވަސް ހޭދަ ކުރެއްވުމަށް ފަހު ކިމް ވިއެޓްނާމުގައި

މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތަށް ފަހު ކިމް ދެން ވަޑައިގެންނެވީ ލިމޮސީންގައި ވެރިރަށް ހެނޮއީ އަށެވެ. ސްޓޭޝަނުން ކާރު ނައްޓާލުމާ އެކު ކާރާ އެއްވަރަށް ބޮޑީގާޑުން ވެސް މަޑު ދުވުމެއްގައި ދިޔަ އެވެ. ކިމް ކާރުގައި ދަތުރު ކުރައްވާ 170 ކިލޯ މީޓަރުގެ ދިގު މަގު ވަނީ ބަންދުކޮށްފަ އެވެ.

ރޭލުގައި ދެ ދުވަސް ހޭދަ ކުރެއްވުމަށް ފަހު ކިމް ވިއެޓްނާމުގައި
ރޭލުގައި ދެ ދުވަސް ހޭދަ ކުރެއްވުމަށް ފަހު ކިމް ވިއެޓްނާމުގައި

ވިއެޓްނާމުން ބުނެފައި ވަނީ ކިމް އަށް ފުރިހަމަ ސެކިއުރިޓީ ދޭނެ ކަމަށެވެ. ހެނޮއީގައި ކިމް ހުންނެވުމަށް ހަމަޖެހިފައި ވަނީ މެލިއާ ހޮޓެލްގަ އެވެ. ސަމިޓް ބާއްވާނީ މެޓްރޮޕޯލް ހޮޓެލްގަ އެވެ. ސިފައިންނާއި ފުލުހުން ވަނީ ދެ ހޮޓާ ހުރި ސަރަހައްދުގައި ވަރަށް ވަރުގަދަ އަށް ސަލާމަތީ ކަންކަން ބަލަހައްޓަން ފަށައިފަ އެވެ.

ޓްރަމްޕް ވަޑައިގަތުުމުގެ ކުރިން އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ މިހާރު ހުންނެވީ ވިއެޓްނާމުގަ އެވެ. ޓްރަމްޕް ދަތުރު ކުރައްވާ އެއާ ފޯސް ވަން މިހާރު ވަނީ މެރީލެންޑުގެ އެންޑްރޫސް އެއާފޯސް ބޭސް އިން ފުރައިފަ އެވެ. އެ ބޯޓު ވިއެޓްނާމުގައި ޖައްސާނީ މިރޭގެ ވަގުތެއްގަ އެވެ.

ޓްރަމްޕާއި ކިމް ވަނީ މިދިޔަ އަހަރުގެ ޖޫން މަހު ސިންގަރޫގައި ވެސް ބައްދަލު ކުރައްވައިފަ އެވެ.