މަޖިލިހުގެ ދެ ފާރެއް އުސްކޮށް، ގޯތިތެރެއަށް ބޮޑެތި ބަދަލުތަކެއް
މަޖިލިހުގެ ދެ ފާރެއް އުސްކޮށް، ގޯތިތެރެއަށް ބޮޑެތި ބަދަލުތަކެއް

ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ ވަށާ ފާރުތަކުން ދެ ފާރެއް އުސްކޮށް، ގޯތި ތެރެއަށް ބަދަލު ގެނެސްފި އެވެ.

މަޖިލިހުގެ ދެ ފާރެއް އުސްކޮށް، ގޯތިތެރެއަށް ބޮޑެތި ބަދަލުތަކެއް
މަޖިލިހުގެ ދެ ފާރެއް އުސްކޮށް، ގޯތިތެރެއަށް ބޮޑެތި ބަދަލުތަކެއް

މަޖިލިހުގެ އާބާތުރަ ފިލުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އަށް ފޫޓަށް އުސްކޮށްފައި ވަނީ ސިއްކަ ގޯޅިއާ ވީ ފަރާތުގައިވާ ފާރާއި ހަކުރާ ގޯޅިއާ ވީ ފަރާތުގެ ފާރެވެ. މަޖިލިހުގެ ވަށާ ފާރު އުސްކުރި ނަމަވެސް، މެދު ޒިޔާރަތް މަގުގައި ހުންނަ ފާރަށް އެއްވެސް ބަދަލެއް ނުގެނެ އެވެ.

މަޖިލިހުގެ ދެ ފާރެއް އުސްކޮށް، ގޯތިތެރެއަށް ބޮޑެތި ބަދަލުތަކެއް
މަޖިލިހުގެ ދެ ފާރެއް އުސްކޮށް، ގޯތިތެރެއަށް ބޮޑެތި ބަދަލުތަކެއް

އެނގިފައިވާ ގޮތުގައި މަޖިލިހުގެ އިދާރާގެ ފާރު އުސްކުރަން ހަވާލު ކުރީ ސިފައިންގެ ވެލްފެއާ ކުންފުނި ސިވެކްއާ އެވެ. އެކަމަކު، އެކަމަށް ކިހާ ހަރަދެއް ދިޔަ ކަމެއް އެނގިފައެއް ނުވެ އެވެ.

މަޖިލިހުގެ ދެ ފާރެއް އުސްކޮށް، ގޯތިތެރެއަށް ބޮޑެތި ބަދަލުތަކެއް
މަޖިލިހުގެ ދެ ފާރެއް އުސްކޮށް، ގޯތިތެރެއަށް ބޮޑެތި ބަދަލުތަކެއް

މަޖިލިހުގެ އިދާރާ އަށް ގެނައި ބަދަލުގެ ތެރޭގައި ސިއްކަ ގޯޅީގައި ޕާކް ކުރެވޭ ގޮތަށް ހުރި ޕޭވްމަންޓް ނަގައި، މަޖިލިހުގެ އިދާރާގެ ގޯތި ތެރެ މިހާރު ވަނީ ބޮޑުކޮށްފަ އެވެ. އެގޮތުން ވަށާ ފާރުގެ އެތެރޭގައި ސައިކަލާއި ކާރު ފަދަ ވެހިކަލްތައް ޕާކް ކުރެވޭ ގޮތަށް ވަނީ ހަދައިފަ އެވެ.

މީގެކުރިން، ވެހިކަލްތައް ޕާކް ކުރެވޭނީ މަޖިލިހުގެ އިދާރާގެ ބޭރުގަ އެވެ.

މީގެއިތުރުން، މެމްބަރުން ތިއްބެވުމަށް ކުޑަ އާއި މޭޒު ޖަހާފައި ބޮޑު ސަރަހައްދެއް ވަނީ ހަދައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު "މިހާރު" އަށް މިއަދު ވިދާޅުވީ މަޖިލިހުގެ ގޯތިތެރޭގައި ކުލަލުމާއި ލައިޓްތައް ހަރު ކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޕާކިން ޒޯން ހާއްސަކޮށްފައި ވަނީ މަޖިލިހުގެ މެމްބަރުންނާއި މަޖިލިހުގެ އިދާރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ސައިކަލާއި ކާރު ފަދަ ވެހިކަލްތައް ޕާކް ކުރުމަށެވެ.

މަޖިލިހުގެ އިދާރާ އަށް ބޮޑެތި ބަދަލުތަކެއް ގެނައީ، އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު މަޖިލިސް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވަމުން ދަނިކޮށެވެ. އަދި އަދި މި ބަދަލު ގެންނަނީ މަޖިލިހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ހިނގަމުންދާ ދަނޑިވަޅެއްގަ އެވެ.

މަޖިލިހުގައި އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާތީ، ގިނަ ބައެއްގެ ފާޑުކިއުން މެމްބަރުންނަށް އަބަދުވެސް އޮންނަނީ އަމާޒުވެފަ އެވެ. ހާއްސަކޮށް، އާ ދައުރެއް ފެށުނު ފަހުން، ބިލްތައް ފާސްނުކޮށް ލަސް ކުރަނީ ބައެއް މެމްބަރުން ގަސްދުގައި މަޖިލިހަށް ހާޒިރު ނުވާތީ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

އެގޮތުން، ރިޔާސީ ކޮމިޝަންތަކުގެ ބިލް ފާސް ނުވެ، ދިގުލައިގެން ދަނީ އެ ބިލްތައް ފާސް ކުރަން ބައެއް މެމްބަރުން ދެކޮޅު ހައްދަވަމުން ގެންދަވާތީ ކަން އެނގިފައިވެ އެވެ.