އުރީދޫން މޮބައިލް ވޯލްޑް ކޮންގްރެސްގައި "އޭރިއަލް ޓެކްސީ" ދައްކާލައިފި
އުރީދޫން މޮބައިލް ވޯލްޑް ކޮންގްރެސްގައި "އޭރިއަލް ޓެކްސީ" ދައްކާލައިފި

އުރީދޫން އެ ކުންފުނީގެ ހާއްސަ އީޖާދެއް މޯބައިލް ވޯލްޑް ކޮންގްރެސްގައި ދައްކާލައިފި އެވެ.

އުރީދޫން މޮބައިލް ވޯލްޑް ކޮންގްރެސްގައި "އޭރިއަލް ޓެކްސީ" ދައްކާލައިފި
އުރީދޫން މޮބައިލް ވޯލްޑް ކޮންގްރެސްގައި "އޭރިއަލް ޓެކްސީ" ދައްކާލައިފި

އެ ކުންފުނިން ދައްކާލީ ވީއާރް ފްލައިޓްގެ ނަމުގައި އުފައްދާފައިވާ 5ޖީ ޓެކްނޮލޮޖީ ސަޕޯޓުކުރާ ބޯޓެކެވެ.

މޯބައިލް ވޯލްޑް ކޮންގްރެސް ކުރިއަށްދަނީ މި މަހުގެ 25 އިން 28 އަށެވެ. މި އަހަރުގެ ތީމަކީ "އިންޓެލިޖެންޓް ކަނެކްޓިވިޓީ" އެވެ. މި ފެއާގައި 200 ގައުމަކުން އައިސީޓީ ދާއިރާގެ ލައްކައަށް ވުރެ ގިނަ ޕްރޮފެޝަނަލުން ބައިވެރިވެ އެވެ.

އުރީދޫން ދައްކާލި އޭރިއަލް ޓެކްސީ އަކީ 5ޖީ ޓެކްނޮލޮޖީން އަމިއްލަ އަށް ދުއްވާ ފްލައިޓެކެވެ. މި އާ އީޖާދުގެ ޑެމޮސްޓްރޭޝަން ވެސް މި ކޮންގްރެސްގެ ތެރެއިން ދަނީ ދައްކާލަމުންނެވެ.

މިދިޔަ އަހަރު އުރީދޫން ވަނީ ދުނިޔޭގެ ފުރަތަމަ ކޮމާޝަލް 5ޖީ ނެޓްވޯކް ގަތަރުގައި ލޯންޗުކޮށްފަ އެވެ. އުރީދޫން ވަނީ ގަތަރުގައި 5ޖީ ޓެކްނޮލޮޖީ ލިބޭ 100 ސައިޓުގެ އިތުރުން އިންޑޮނީޝިއާ އާއި ކުވައިތާއި ރާއްޖޭގައި ވެސް 5ޖީ ޓެސްޓުކޮށްފަ އެވެ.

އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޝައިހު ސައުދު ބިން ނާސިރު އަލް ތާނީ ވިދާޅުވީ ދުނިޔޭގައި ވެސް 5ޖީ އެންމެ ފުރަތަމަ ތައާރަފްކުރި ކުންފުންޏަށް ވެގެންދިޔުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.

މި އަހަރު ވެސް އުރީދޫގެ 5ޖީ ޑެމޯތަކާއި އަލަށް މާކެޓަށް ތައާރަފްކުރާ އޭރިއަލް ޓެކްސީގެ ޑެމޯތައް އެކި ހިސާބުތަކުގައި ދައްކާލުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އުރީދޫން 1،200 ނެޓްވޯކް ސްޓޭޝަންގައި 5ޖީ ލިބޭނެ އިންތިޒާމުތައް އަންނަނީ ހަމަޖައްސަމުންނެވެ.