ބިރުވެރި ފިލްމު "އެސްކޭޕް ރޫމް" ގެ ދެވަނަ ބައި ހަދަން ނިންމައިފި
ބިރުވެރި ފިލްމު "އެސްކޭޕް ރޫމް" ގެ ދެވަނަ ބައި ހަދަން ނިންމައިފި

މިދިޔަ މަހު ރިލީޒްކޮށް، ބޮކްސް އޮފީހުގައި ރަނގަޅު ވިޔަފާރިއެއް ކުރި ބިރުވެރި ފިލްމު "އެސްކޭޕް ރޫމް" ގެ ދެވަނަ ބައި ހަދަން ނިންމާފައިވާ ކަމަށް ކޮލަމްބިއާ ޕިކްޗާޒުން ބުނެފި އެވެ.

ހޮލީވުޑް ރިޕޯޓާ އިން ބުނި ގޮތުގައި ފިލްމުގެ ދެވަނަ ބައި ވެސް ޑައިރެކްޓް ކުރާނީ ފުރަތަމަ ބައި ޑައިރެކްޓް ކުރި އެޑަމް ރޮބިޓެލް އެވެ. އަދި "އެސްކޭޕް ރޫމް 2" ގެ ސްކްރީންޕްލޭ ލިޔާނީ ފުރަތަމަ ބައިގެ ސްކްރީންޕްލޭގައި ވެސް ހިއްސާވި ބްރާގީ އެފް ޝުޓް އެވެ.

އެންމެ ނުވަ މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދައި ޖެނުއަރީ މަހުގެ 4 ގައި ސިނަމާތަކަށް ގެނައި "އެސްކޭޕް ރޫމް" އަކީ ބޮކްސް އޮފީހުހައި ޖުމްލަ 118.6 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.

މީގެ މައިގަނޑު ތަރިންނަކީ ޓޭލާ ރަސަލް، ލޯގަން މިލާ، ޓައިލާ ލެބީން، ޑެބޯރާ އެން ވޯލް، ޖޭ އިލިސް އަދި ނިކް ޑޮޑާނީ އެވެ.

"އެސްކޭޕް ރޫމް 2" ސިނަމާތަކަށް އަންނާނީ އެޕްރީލް، 17، 2020 ގަ އެވެ.