މާފަންނު ސަހަރާގައި ހުވަނި: ބޮޑު އުނދަގުލަކަށް ވެއްޖެ
މާފަންނު ސަހަރާގައި ހުވަނި: ބޮޑު އުނދަގުލަކަށް ވެއްޖެ

މާފަންނު ސަހަރާގެ ތެރޭގަައި ހުރި ގަސްތައް ހުވަނިން ފުރި، އެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ އާންމުންނަށް އުނދަގޫތަކަކާ ކުރިމަތިވެއްޖެ އެވެ.

މާފަންނު ސަހަރާގައި ހުވަނި: ބޮޑު އުނދަގުލަކަށް ވެއްޖެ
މާފަންނު ސަހަރާގައި ހުވަނި: ބޮޑު އުނދަގުލަކަށް ވެއްޖެ

ސަހަރާ ތެރޭގައި ހުރި ގަސްތަކުގައި ހުވަނި އެޅިތާ މަހަކަށްވުރެ ގިނަ ދުވަސްވެއްޖެ ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުން މިއަދު ބުންޏެވެ. އެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ މީހުން ވަނީ އެކަންތަކަށް ހައްލެއް ހޯދައިދޭން އެދި ޕެޓިޝަނެއް ވެސް ހައުސިން މިނިސްޓްރީ އާއި އެންވަޔަރްމަންޓް ޕްރޮޓެކްޝަން އޭޖެންސީ އާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ އިތުރުން އިސްލާމިކް މިނިސްޓްރީ އަށް ވެސް ހުށަހަޅައިފަ އެވެ. އެހެންވެ، ސަހަރާ ތެރޭގައި ހުވަނި އަޅާ ފުރިފައި ހުރި ފަސް މިދިލި ގަހެއް ދާދި އިހަކަށް ދުވަހު ވަނީ ކަނޑާލައިފަ އެވެ. އޭގެ ސަބަބުން ހުރިހާ ހުވަންޏެއް ބިންމައްޗަށާއި މަގުމައްޗަށް ފެތުރި ބައެއް ގޭގެ އަށް ވެސް ވަންނަން ފެށި އެވެ. އެކަމަށް ހައްލެއް ހޯދައިދޭން ވެސް އެ ސަރަހައްދުގެ މީހުން އަންނަނީ އެދެމުންނެވެ.

މާފަންނު ސަހަރާގައި ހުވަނި: ބޮޑު އުނދަގުލަކަށް ވެއްޖެ
މާފަންނު ސަހަރާގައި ހުވަނި: ބޮޑު އުނދަގުލަކަށް ވެއްޖެ

"ހައުސިން މިނިސްޓްރީން ގަސްކަނޑާލާފައި ވެސް އެ އެއްޗެހިތައް ބަހައްޓާފައި ހުރީ [ސަހަރާ] ތެރޭގައި. އެވަރު ވެސް ކޮށްދިނީ އެތަނަށް ވަރަށް ގިނައިން ގޮސްގެން. އަޅުގަނޑުމެންނަށް ވަރަށް އުނދަގޫތައް އެބަ ވޭ. ގަސް ކަނޑާލި ފަހުން މީގެ ނުރައްކާ އަދި ވަކިން މާ ބޮޑު. ކުޑަކުދިންނާއި މުސްކުޅިންގެ ގައިގައި ވެސް ހުވަނި ހަފާތީ ވަރަށް ބިރުން މި އުޅެނީ،" ޕެޓިޝަން ހުށަހެޅުމުގައި އިސްކޮށް އުޅުނު މީހަކު މިއަދު ބުންޏެެވެ.

މާފަންނު ސަހަރާގައި ހުވަނި: ބޮޑު އުނދަގުލަކަށް ވެއްޖެ
މާފަންނު ސަހަރާގައި ހުވަނި: ބޮޑު އުނދަގުލަކަށް ވެއްޖެ

އޭނާ ބުނީ ކޮންމެ އަހަރަކު ވެސް ދެ ފަހަރު ހުވަނި އަޅާ ކަމަށާއި އަދި އޭގެ އުނދަގޫ އެ ސަރަހައްދުގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ކުރަމުންދާ ކަމަށެވެ. ނަމަވެސް މިފަހަރު އާދަޔާ ހިލާފަށް ގިނަކަން ފާހަގަކުރެވޭ ކަމަށް އެމީހުން ބުންޏެވެ.

"މީގެ ތިން ދުވަސްކުރިން ހައުސިން މިނިސްޓްރީއަށް ގުޅިން ހުވަނި ކަންތައްތަކުގައި. އެމީހުން ބުނީ އެތަނުގައި ވެސް މަސައްކަތް ކުރަނީ އިންސާނުންްނޭ. އެހެން ވީމަ އަޅުގަނޑު ހިތަށްއަރާ މީ އިންސާނުން ނޫންބާއޭ،" ޕެޓިޝަން ހުށަހެޅުމުގައި އިސްކޮށް އުޅުނު މީހަކު "މިހާރު" އަށް ބުންޏެވެ.

އެ ސަރަހައްދުގައި ދިރިއުޅޭ އަންހެނަކު ބުނިގޮތުގައި ހުވަނި ހަފައި ގައި ހިރުވާތީ ޑޮކްޓަރަށް ދެއްކުނު އަދަދެއް ނޭނގޭ ކަމަށާއި ޑޮކްޓަރަށް ދެއްކިއަސް އެކަން ރަނގަޅު ނުވާ ކަމަށެވެ.

"ގައި ހިރުވާވަރުން މިހާރު އެއް ކަމެއް ވެސް ނުކުރެވޭ. ވަރަށް އުނދަގޫ. މިކަމަށް ވީ އެންމެ އަވަހަކަށް ހައްލެއް ހޯދައިދިނުން އެދެން،" ސަހަރާ ކައިރީގައި ހުރި ގެއެއްގައި އަންހެނަކު ބުންޏެވެ.

ސަހަރާގެ ވަށާ ފާރު ވެސް ވަނީ ހުވަނިން ފުރިފަ އެވެ. ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް ފޯނު ނުނަންގަވާތީ، އެކަން ހައްލުކުރަން އެ މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތެއް ސާފުވާ ގޮތެއް ނުވެ އެވެ.