"ގާލް އޮން ދަ ޓްރެއިން" އަކީ ޕަރިނީތީ ޗޯޕްޅާ
"ގާލް އޮން ދަ ޓްރެއިން" އަކީ ޕަރިނީތީ ޗޯޕްޅާ

ދެހާސް ސޯޅައިގައި ރިލީޒް ކުރި ހޮލީވުޑްގެ މިސްޓްރީ ތުރިލާ "ދަ ގާލް އިން ދަ ޓްރެއިން" ގެ ހިންދީ ރިމޭކެއް ހަދަން ނިންމައި، އޭގެ ބަތަލާގެ ރޯލް ޕަރިނީތީ ޗޯޕްޅާ އަށް ހުށަހަޅައިފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ރިލަޔަންސް އެންޓަޓައިންމަންޓުން ޕްރޮޑިއުސްކުރާ ފިލްމު ޑައިރެކްޓް ކުރާނީ 2016 ގައި ރިލީޒްކުރި އަމީތާބް ބައްޗަންގެ "ތީން" ގެ ޑައިރެކްޓަރު ރިބޫ ދާސްގުޕްތާ އެވެ.

"ދަ ގާލް އޮން ދަ ޓްރެއިން" ގެ ބަތަލާގެ ރޯލް ޕަރިނީތީ އަށް ހުށަހެޅި ކަމަށް ބުނި ނަމަވެސް، މި ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. ޕަރިނީތީގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 21 ގައި ރިލީޒް ކުރާ ޕީރިއަޑް ޑްރާމާ "ކޭސަރީ" އެވެ.

ޓޭޓް ޓައިލާ ޑައިރެކްޓްކޮށްފައިވާ އަދި ރަލަށް ދެވިހިފާފައިވާ އަންހެނެއްގެ ވާހަކަ ކިޔައިދޭ "ދަ ގާލް އޮން ދަ ޓްރެއިން" ގައި ބަތަލާގެ ރޯލް ކުޅެފައި ވަނީ އެމިލީ ބްލަންޓެވެ.

މީގެ އިތުރު ކާސްޓުންގެ ތެރޭގައި ރެބެކާ ފާގަސަން، ޖަސްޓިން ތެރޯޒް، ލޫކް އީވަންސް، ލީޒާ ކުޑްރޯ އަދި އެލިސަން ޖެނީ ފަދަ ތަރިން ހިމެނެ އެވެ.

ގާތްގަނޑަކަށް 50 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ދަ ގާލް އިން ދަ ޓްރެއިން" އަކީ ބޮކްސް އޮފީހުގައި 173.2 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.