25 ފެބުރުއަރީ 2019 - 10:30

ގިނަ ބަޔަކު އުންމީދުކުރި ގޮތާ ހިލާފަށް މިއަދު ބޭއްވި 91 ވަނަ އޮސްކާ އެވޯޑްސްގެ އެންމެ މޮޅު ފިލްމުގެ މަގާމު ކަޅާއި ދޮން މީހުންގެ ވާހަކަ ކިޔައި ދިން ފިލްމު "ގްރީން ބުކް" ހޯދައިގެން އެތައް ބަޔަކު ސިއްސުވާލައިފި އެވެ.
އެންމެ މޮޅު ފިލްމުގެ މަގާމަށް 8 ފިލްމު ވާދަ ކުރި އިރު ކޮންމެ ފިލްމެއްގެ މެދުގައި ވެސް ވަރަށް ބޮޑު ވާދަވެރި ކަމެއް އޮތެވެ.
ޕީޓާ ފެރެލީ ޑައިރެކްޓް ކުރި "ގްރީން ބުކް" އެންމެ މޮޅު ފިލްމުގެ އޮސްކާ އެވޯޑް ހިއްލައިލި އިރު، އެ ފިލްމަށް ލިބުނު ފަސް ނޮމިނޭޝަނުގެ ތެރެއިން ތިން އެވޯޑް ކާމިޔާބުކޮށްފައިވެ އެވެ. އެއީ މިދިޔަ މަހު ބޭއްވި ގޯލްޑެން ގްލޯބް އެވޯޑްސް އާއި މި މަހުގެ 11 ވަނަ ދުވަހު ބޭއްވި ބަފްޓާގައި ވެސް އެންމެ މޮޅު ސަޕޯޓިން ބަތަލުގެ މަގާމު ހޯދި މެހެރްޝާލާ އަލީ އަށް ލިބުނު އެންމެ މޮޅު ބަތަލުގެ އޮސްކާ އާއި އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭގެ އޮސްކާ އެވެ.
އެންމެ މޮޅު ފިލްމުގެ އޮސްކާ "ގްރީން ބުކް" ޓީމާ ހަވާލުކޮށް ދިނީ މަޝްހޫރު ބަތަލާ ޖޫލިއާ ރޮބަޓްސް އެވެ.
މި އަހަރުގެ އޮސްކާގެ އިތުރު މަގާމުތަކަށް ޖެހިލާ އިރު، އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ގެންދިޔައީ އެންމެ މޮޅު ބޭރު ފިލްމުގެ މަގާމު ވެސް ހޯދި މެކްސިކޯގެ "ރޯމާ" ގެ ޑައިރެކްޓަރު އަލްފޮންސޯ ކްއަރޯން އެވެ. އޭނާއާ ހަވާލުކޮށް ދިނީ މިދިޔަ އަހަރުގެ އޮސްކާގެ އެންމެ މޮޅު ޑައިރެކްޓަރުގެ މަގާމު "ދަ ޝޭޕް އޮފް ވޯޓާ" އިން ހޯދި ގްލިމޯ ޑެލް ޓޯރޯ އެވެ.
އެންމެ މޮޅު އެކްޓަރުގެ މަގާމު މި އަހަރުގެ ގޯލްޑް ގްލޯބް ވެސް ހޯދި ރަމީ މާލިކް ފިލްމު "ބޮހީމިއަން ރާޕްސޮޑީން" އިން ހިއްލައިލި އިރު، އެންމެ މޮޅު ބަތަލާގެ މަގާމު ކަށަވަރު ކުރީ "ދަ ފެވަރިޓް" އިން އޮލީވިއާ ކޮލްމަން އެވެ.
އެންމެ މޮޅު ސަޕޯޓިން ބަތަލާގެ އޮސްކާ ލިބުނީ ފިލްމު "އިފް ބިއެލް ސްޓްރީޓް ކުޑް ޓޯކް" އިން ރެޖީނާ ކިންގް އެވެ.
* އެންމެ މޮޅު އެޑަޕްޓެޑް ސްކްރީންޕްލޭ: ބްލެކްކްލަންސްމަން
* އެންމެ މޮޅު ސައުންޑް އެޑިޓިން: ބޮހީމިއަން ރާޕްސޮޑީ
* އެންމެ މޮޅު ވިޝުއެލް އިފެކްޓްސް: ބްލެކް ޕެންތާ
* އެންމެ މޮޅު އޮރިޖިނަލް ސޯންގް: ޝެލޯ (އަ ސްޓާ އިޒް ބޯން/ލޭޑީ ގާގާ)
* އެންމެ މޮޅު އެޑިޓިން: ބޮހީމިއަން ރާޕްސޮޑީ
* އެންމެ މޮޅު އޮރިޖިނަލް ސްކޯ: ބްލެކް ޕެންތާ
* އެންމެ މޮޅު ސިނަމަޓޯގްރަފީ: ރޯމާ
* އެންމެ މޮޅު ސައުންޑް މިކްސިން: ބޮހީމިއަން ރާޕްސޮޑީ
* އެންމެ މޮޅު މޭކަޕާއި ހެއާ: ވައިސް
* އެންމެ މޮޅު ކޮސްޓިއުމް: ބްލެކް ޕެންތާ
* އެންމެ މޮޅު ޕްރޮޑަކްޝަން ޑިޒައިން: ބްލެކް ޕެންތާ
* އެންމެ މޮޅު ޑޮކިއުމަންޓަރީ ފީޗާ: ފްރީ ސޯލޯ
* ބެސްޓް ޑޮކިއުމަންޓަރީ ޝޯޓް" ޕީރިއަޑް. އެންޑް އޮފް ސެންޓެންސް (އިންޑިއާ)
* ބެސްޓް އެނިމޭޓެޑް ޝޯޓް: ބާއޯ
* އެންމެ މޮޅު އެނިމޭޓެޑް ފީޗާ: ސްޕައިޑަ-މޭން: އިން ޓް ދަ ސްޕައިޑަ-ވާސް
ލޮސް އެންޖެލިސްގެ ޑޮލްބީ ތިއޭޓަރުގައި ކުރިއަށް ގެންދިޔަ ކުލަ ފަދަ އޮސްކާ އެވޯޑްސް އުސްއަލިތަކަށް ބަލާ އިރު، އެން،މެ ފާހަގަކޮށްލެވުނު މިިދިޔަ އަހަރުން ފެށިގެން މިއަދާ ހަމައަށް މަރުވި ފިލްމީ ދާއިރާގެ ފަންނާނުންގެ ހަނދާންތައް ވެސް އައު ކުރެވިގެން ދިއުމެވެ.
އަދި އެވޯޑް ހަފުލާގައި ބައެއް ފަންނާނުންގެ ހުށަހެޅުންތައް ވެސް ފެނިގެން ދިޔަ އެވެ. އޭގެ ތެރޭގައި "އަ ސްޓާ އިޒް ބޯން" އެންމެ މޮޅު ބަތަލާގެ މަގާމަށް ވާދަ ކުރި ލޭޑީ ގާގާ އާއި އެ ފިލްމުން އެންމެ މޮޅު ބަތަލު އަދި އެންމެ މޮޅު ޑައިރެކްޓަރުގެ މަގާމަށް ވެސް ވާދަ ކުރި ބްރެޑްލީ ކޫޕާ ހުށަހަޅައި ދިން ލަވަ "ޝެލޯ" ފާހަގަކޮށްލެވެ އެވެ.
މި އަހަރުގެ އޮސްކާ އެވޯޑް ކުރިއަށް ގެންދިޔައީ ވަކި ހޯސްޓަކާ ނުލަ އެވެ. އެގޮތުން އެކިއެކި ފަންނާނުން ސްޓޭޖްމަތީގެ ފަޅުކަން ފިލުވައި ދިނެވެ.