24 ފެބުރުއަރީ 2019 - 15:50

ހެނޮއީ (ފެބްރުއަރީ 24) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން މި ހަފުތާގައި ވިއެޓްނާމްގައި ބާއްވާ ސަމިޓުގެ ކުރިން، އެ ދެ ބޭފުޅުންނާ ވައްތަރު ދެ މީހުން ހައްޔަރުކޮށްފި އެވެ.

ކިމްއާ ވައްތަރުވެގެން އުޅުނު ހޮވާޑް އެކްސް އާއި ޓްރަމްޕްއާ ވައްތަރު ރަސެލް ވައިޓް ވަނީ ވިއެޓްނާމްގެ ވެރިރަށް ހެނޮއީގައި "ސަމިޓެއް" ބާއްވައިފަ އެވެ. އެ ބައްދަލުވުމަށް ފަހު އެ ދެ މީހުންނަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.
ސަމިޓަށް ފަހު ހޮވަޑް އެކްސް އާއި ވައިޓް ނޫސްވެރިންނާ ވާހަކަ ދައްކަމުން ވަނީ އެ މީހުން ބޭނުން ވަނީ ނޯތު ކޮރެއާގެ މަސްރަހު ފިނިކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ.
އެ ދެ މީހުން ހައްޔަރުކުރި ނަމަވެސް ފަހުން ވަނީ ދޫކޮށްލައިފަ އެވެ. އަދި ވިއެޓްނާމުން ޑިޕޯޓްކޮށްލަފާނެ ކަމަށް އެ ދެ މީހުންނަށް ވަނީ އަންގައިފަ އެވެ.
ކިމްއާ ވައްތަރު ހޮވާޑް އެކްސް އަކީ ހޮން ކޮންގް މީހެކެވެ. ވައިޓް އުފަންވެފައި ވަނީ ކެނެޑާއަށެވެ.
ޓްރަމްޕާއި ކިމް މިދިޔަ އަހަރު ސިންގަޕޫރުގައި ބޭއްވި ސަމިޓުގެ ކުރިން ވެސް ހޮވާޑް ވަނީ ސިންގަޕޫރަށް ޒިޔާރަތް ކޮށްފަ އެވެ.