ޖަޔަލަލީތާގެ ވާހަކަ ކިޔައިދޭ ފިލްމުގެ ނަމަކަށް "ތަލައިވީ"
ޖަޔަލަލީތާގެ ވާހަކަ ކިޔައިދޭ ފިލްމުގެ ނަމަކަށް "ތަލައިވީ"

ދެހާސް ސޯޅަ ވަނަ އަހަރު އަވަހާރަވި، އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރު އަދި ކުރީގެ ބަތަލާ ޖަޔަލަލީތާގެ ހަޔާތާ ބެހޭ ފިލްމުގެ ނަމަކަށް "ތަލައިވީ" ހަމަޖައްސައިފި އެވެ.

މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ކުރި ޓްވީޓެއްގައި ވަނީ މި ފިލްމުގެ ފަސްޓްލުކް ޕޯސްޓަރު އާދީއްތަ ދުވަހު އުމުރުން 71 އަހަރު ފުރުނު ޖަޔަލަތީލާގެ އުފަން ދުވަހާ ދިމާކޮށް ދައްކާލައިފި އެވެ. "ތަލައިވީ" އަކީ ވިޝްނޫ ވަރުދާން އިންދޫރީ ޕްރޮޑިއުސްކޮށް، ވިޖޭ ޑައިރެކްޓް ކުރާ ފިލްމެކެވެ.

ޖަޔަލަލީތާގެ ވާހަކަ ކިޔައިދޭ ފިލްމެއް ހަދާކަން އިއުލާން ކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.

"ތަލައިވީ" ގެ ސްކްރީޕްލޭ އަށް މިދިޔަ މަހު ރިލީޒްކުރި "މަނިކަރްނިކާ: ދި ކްއީން އިފް ޖާންސީ" އާއި "ބާހްބަލީ" އަދި "ބަޖިރަންގީ ބައިޖާން" ފަދަ ފިލްމުތަކުގެ ސްކްރީންޕްލޭ ލިޔުނު ކޭވީ ވިޖެންދުރަޕްރަސާދު ސިންގްގެ އެހީތެރިކަން ލިބިގެން ދާނެ އެވެ.

ތަމަޅަ، ތެލެގޫ އަދި ހިންދީ ބަހުން އުފައްދާ ފިލްމުގެ ކާސްޓުންނާއި މީގެ މަސައްކަތް ފަށާނެ އިރަކާއި ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން "ތަލައިވީ" ގެނެސް ދޭނީ އިންޑިއާގެ ސައުތުގެ ތަރިންނާއި ބޮލީވުޑްގެ ތަރިންތަކެއް މަސްހުނިކޮށްގެން ނަގާ ކާސްޓަކާ އެކީގަ އެވެ.

ކުރިން ފިލްމު ވެސް ކުޅުއްވި ޖަޔަލަލީތާ ސިޔާސީ ދާއިރާ އަށް ނުކުމެވަޑައިގެން ތަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރުކަން ހަ ދައުރެއްގައި އަދާ ކުރެއްވި އެވެ. އައްމާގެ ނަމުން މަޝްހޫރުވި އިންޑިއާގެ އެންމެ ނުފޫޒު ގަދަ އަންހެނުންގެ ތެރޭގައި ހިމެނުނު ޖަޔަލަލީތާ އަވަހާރަވީ ހާޓްއެޓޭކެއް ޖެހިވަޑައިގެން ފަރުވާ ދެމުން ދަނިކޮށް ޑިސެމްބަރު، 5، 2016 ގަ އެވެ.