ޑައިރެކްޓަރު ސްޓޭންލީ ޑޮނެން މަރުވެއްޖެ
ޑައިރެކްޓަރު ސްޓޭންލީ ޑޮނެން މަރުވެއްޖެ

ނަވާރަ ސަތޭކަ ނުވަދިހަ އަށް ވަނަ އަހަރުގެ އޮސްކާ އެވޯޑްސްގައި ލައިފްޓައިމް އެޗީވްމަންޓް ލިބުނު ކުޅަދާނަ ޑައިރެކްޓަރު ސްޓޭންލީ ޑޮނެން މަރުވެއްޖެ އެވެ.

"ސިންގިން އިން ދަ ރެއިން" އާއި "ފަނީ ފޭސް" އަދި "ޓޫ ފޮ ދަ ރޯޑް" ފަދަ ކާމިޔާބު ފިލްމުތައް ގެނެސް ދިން ޑައިރެކްޓަރު މަރުވީ އުމުރުން 94 އަހަރުގައި ބުރާސްފަތި ދުވަހު ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. ނަމަވެސް މަރާ ބެހޭ ތަފުސީލެއް ހާމައެއް ނުކުރެ އެވެ.

ހޮލީވުޑްގެ ރަން ޒަމާނަށް ނިސްބަތްވި އަދި ކޮލަމްބިއާ އަށް އުފަން ސްޓޭންލީ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިން ފިލްމަކީ 1999 ގެ "ލަވް ލެޓާޒް" އެވެ.

އޭނާގެ އެންމެ ފާހަގަކޮށްލެވޭ އިތުރު ފިލްމުތަކުގެ ތެރޭގައި ރޯޔަލް ވެޑިން (1951)، ސެވެން ބްރައިޑްސް ފޮ ސެވެން ބްރަދާޒް (1954)، އިންޑިސްކްރީޓް (1958) އަދި ދަ ކެރޭޑް (1963) ހިމެނެ އެވެ.