ގައުމު މިވަނީ ރިވެތި އަހުލާގަށް ބޭނުންވެފައި: ފަސްޓްލޭޑީ
ގައުމު މިވަނީ ރިވެތި އަހުލާގަށް ބޭނުންވެފައި: ފަސްޓްލޭޑީ

ރާއްޖެ މިވަނީ މިއިން ޒަމާނަކު ބޭނުންނުވާ ވަރަށް ރިވެތި އަހުލާގަށް ބޭނުންވެފައި ކަމަށް ފަސްޓްލޭޑީ ފަޒްނާ އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ގައުމު މިވަނީ ރިވެތި އަހުލާގަށް ބޭނުންވެފައި: ފަސްޓްލޭޑީ
ގައުމު މިވަނީ ރިވެތި އަހުލާގަށް ބޭނުންވެފައި: ފަސްޓްލޭޑީ

ގައުމީ މަންހަޖު މުރާޖައާ ކުރުމުގެ ގައުމީ މަހާސިންތާ ފެށުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވުން އެކަމަނާ ވިދާޅުވީ ރީތި އަހުލާގު ދެމެހެއްޓުމަށް ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މީހުން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ.

ގައުމު މިވަނީ ރިވެތި އަހުލާގަށް ބޭނުންވެފައި: ފަސްޓްލޭޑީ
ގައުމު މިވަނީ ރިވެތި އަހުލާގަށް ބޭނުންވެފައި: ފަސްޓްލޭޑީ

ދަރިވަރުން އެންމެ ގިނަ ވަގުތު ހޭދަކުރަނީ ސްކޫލުގައި ކަމަށާއި އެ ދަރިވަރުންގެ ހަޔާތުގެ އެންމެ މުހިއްމު ބަޔަކީ ޓީޗަރުންނާއި ތައުލީމީ ނިޒާމުކަން އެކަމަނާ ފާހަގަކުރެއްވި އެވެ.

ގައުމު މިވަނީ ރިވެތި އަހުލާގަށް ބޭނުންވެފައި: ފަސްޓްލޭޑީ
ގައުމު މިވަނީ ރިވެތި އަހުލާގަށް ބޭނުންވެފައި: ފަސްޓްލޭޑީ

"މި ގައުމު މިވަނީ މިއިން ޒަމާނަކު ބޭނުންނުވާ ވަރަށް، އެކަކު އަނެކަކަށް އިހުތިރާމް ކުރުމާ، އިހްސާންތެރިވުމާ، ކަމޭހިތުމާ އެކަކު އަނެކެއްގެ އިހްސާސްތައް ދެނެގަތުމުގެ ސިފަ އާއި އަހުލާގަށް ބޭނުންވެފައި،" މީގެ ކުރިން ކިޔަވައިދިނުމާއި ސްކޫލުތައް ހިންގެެެެެވުމުގައި ގިނަ އަހަރުތަކެއް ހޭދަކުރައްވާފައިވާ ފަސްޓްލޭޑީ ފަޒްނާ ވިދާޅުވި އެވެ.

ދަރިވަރުންގެ ކިބައިގައި ރީތި ސިފަތައް ކަށަވަރުކުރެވޭނީ ޓީޗަރުންނާއި ތައުލީމީ ދާއިރާގެ ޕްރޮފެޝަނަލުންގެ ވިސްނުން ބަދަލުވެގެން ކަމަށް ވިދާޅުވި އެވެ. ދަރިވަރުންނަށް ކިޔަވައިދޭންވީ އަމިއްލަ ވިސްނުމުން ކަންކަން ކުރެވޭ ގޮތްތައް ކަމަށް ވެސް ވިދާޅުވި އެވެ.

ސްކޫލުގައި ދަރިވަރުން އެތައް ވަގުތެއް ހޭދަކުރާއިރު ވިސްނަންޖެހޭ ކަމަކީ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މީހުންނަކީ އެ ކުދިންގެ ދިރިއުޅުމުގައި އެންމެ ބޮޑު ނުފޫޒުކަމަށް އެކަމަނާ ވިދާޅުވި އެވެ. އެހެންވެ އެ ކުދިންނާ މުއާމަލާތްކުރަންވާނީ ކުދިންގެ ކިބައިން އެބޭފުޅުން ދެކެން ބޭނުންވާ ގޮތަށް ކަން ފާހަގަކުރެއްވި އެވެ.

އެކަމަނާ ވަނީ، ސްކޫލު އެސެމްބްލީގައި ކިޔާ "ޅަފަތުގައި އުނގެނަމާ އުފަލުގައި ކިޔަވަމާ، ސިފަތަކުން ރިވެތި ޒީނަތްވެ ކުރިއަށްދަމާ،" ލަވައިގައި ބުނާކަންކަމަށް އަލިއަޅުއްވާލައްވައިފަ އެވެ. ސްކޫލަށް ކިޔަވަން އަންނަނީ އެކި މާހައުލުތަކުގައި ދިރިއުޅޭ ދަރިވަރުން ކަމަށާއި އޭގެ ތެރޭގައި ހާއްސަ އެހީތެރިކަމާއި ސަމާލުކަން ބޭނުންވާ ކުދިން ހިމެނޭނެ ކަމަށް ވިދާޅުވި އެވެ. އުފަލުގައި ކިޔެވޭނީ ދަރިވަރަށް ފަސޭހަވާގޮތަށް ކިޔަވައިދީ އަދި މާހައުލު ވެސް ބައްޓަންކޮށްގެން ކަމަށް ވިދާޅުވި އެވެ.

ގައުމީ މަންހަޖަށް ބޭނުންވާ ބަދަލުތައް ދެނެގަތުމުގެ މަހާސިންތާ ބޭއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދެކެވެ.