ހަތަރު އަންހެނުންގެ ފަލި ޖެހުމުގެ ދަތުރު ބ. އަތޮޅުން!
ހަތަރު އަންހެނުންގެ ފަލި ޖެހުމުގެ ދަތުރު ބ. އަތޮޅުން!

ކަނޑުގެ ސަރަހައްދުގެ ރައްކާތެރިކަމާއި ނާޒުކު ތިމާވެށި ޕްރޮމޯޓް ކުރުމަށްޓަކައި "ސްޓޭންޑް އަފް ފޯ ސީ"ގެ ނަމުގައި ހަތަރު އަންހެނަކު ކެމްޕެއިނެއް ފަށައިފި އެވެ.

ހަތަރު އަންހެނުންގެ ފަލި ޖެހުމުގެ ދަތުރު ބ. އަތޮޅުން!
ހަތަރު އަންހެނުންގެ ފަލި ޖެހުމުގެ ދަތުރު ބ. އަތޮޅުން!

މި ކެމްޕެއިންގައި 100 ކިލޯ މީޓަރުގެ ސަރަހައްދެއްގައި ދަތުރު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ފަލި ޖަހާފައި ބ. އަތޮޅުގެ ބޮޑު ސަރަހައްދެއްގައި ދަތުރު ކުރުމަށް ހަމަޖެހިފައިވާ އިރު މި ހަރަކާތުގައި ބައިވެރިވަނީ ތިމާވެށީގެ ހަަތަރު އެކްޓިވިސްޓުން ކަމަށްވާ ޑރ. ކްލެއާ ޕެޓްރޯސް އާއި ޑރ. ކަލް މޭޖާ އާއި ދަފީނާ ހަސަން އިބްރާހިމާއި ޝަޒިއްޔާ ސައީދެވެ.

ހަތަރު އަންހެނުންގެ ފަލި ޖެހުމުގެ ދަތުރު ބ. އަތޮޅުން!
ހަތަރު އަންހެނުންގެ ފަލި ޖެހުމުގެ ދަތުރު ބ. އަތޮޅުން!

ކޮކޯ ކަލެކްޝަންގެ އެހީތެރިކަމާ އެކު ފަށާފައިވާ މި ދަތުރުގައި ޕްލާސްޓިކްގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ގެއްލުންވާ މިންވަރާއި މޫސުމަށް އަންނަ ބަދަލުތަކާއި މަނާ ކޮށްފައިވާ މަސްވެރިކަންތަކުގެ އިތުރުން ނާޒުކު ތިމާވެއްޓާއި ކަނޑުގެ ދިރުންތަކާ ގުޅޭ ގޮތުން ހޭލުންތެރިކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް މިފަދަ ކެމްޕެއިނެއް ކުރިއަށްގެންދާ އިރު ފަލި ޖަހައިގެން ދަތުރު ކުރާ މި ހަރަކާތް ފަށާފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ.

ދަފީނާ ހަސަން އިބްރާހިމަކީ ގްލޯފިޓްގެ ޕާސަނަލް ޓްރެއިނަރެކެވެ. އޭނާ އަކީ މޫސުމަށް އަންނަ ބަދަލުތަކާއި ޕްލާސްޓިކް ޕޮލިއުޝަނާ ދެކޮޅަށް މަސައްކަތް ކުރާ އަންހެނެކެވެ.

ހޮބީއެއްގެ ގޮތުގައި ބޮޑީ ބޯޑިން ހަރަކާތްތަކުގައި އުޅޭ އިރު އޭނާއަކީ "ރާޅު އެދުރު ރާއްޖެ ޓުއާ"ގެ ކޯ ފައުންޑަރެވެ. މިއީ ރާއްޖޭގައި ޒުވާން ސާފަރުން އުފެއްދުމަށްޓަކައި އުފައްދާފައިވާ ޖަމިއްޔާ އެކެވެ. އެ ޖަމިއްޔާ އިން އަންނަނީ ސާފު ކުރުމުގެ ތެރެއިން ތިމާވެއްޓަކާއި ކަނޑުގެ ދިރުންތައް ރައްކާތެރި ކުރުމަށް ކުޑަކުދިން ހޭލުންތެރި ކުރަމުންނެވެ.

ތިމާވެށީގެ އެކްޓިވިސްޓެއް ކަމަށްވާ ޝަޒިއްޔާ އަކީ ޑައިވް އިންސްޓްރަކްޓަރެކެވެ. އޭނާ ވަނީ 2002 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާ ހަމަޔަށް ރާއްޖޭގެ އެކި ރިސޯޓުތަކުގައި މަސައްކަތް ކޮށްފަ އެވެ.

އޭނާ އަކީ ފަރުކެޔޮ ޕްރޮގްރާމުގައި ވެސް ބައިވެރިވެފައިވާ މީހެކެވެ.

އިނގިރޭސިވިލާތަށް އުފަން ކްލެއާ ޕެޓްރޯސް އަކީ ބައޮލޮޖިސްޓެއްގެ އިތުރުން ވެޓްރިނޭރިއަން އެކެވެ. އޮކްސްފޯޑް ޔުނިވާސިޓީން މަތީ ތައުލީމު ހާސިލް ކުރިއިރު މުކަރަ ހުދުވުމާއި ކަނޑުގެ ދިރުންތަކާ ގުޅޭ ގޮތުން އޭނާ ވަނީ ތަފާތު ރިސާޗުތައް ވެސް ކޮށްފަ އެވެ.

ޖަނަވާރުތަކަށް ފަރުވާ ދިނުމާ ގުޅޭ ގޮތުން ބިސްޓަލް ޔުނިވާސިޓީން ތައުލީމު ހާސިލު ކުރި އިރު އޭނާ ވަނީ ވެލާ ފަދަ ތަކެތި ސަލާމަތް ކުރުމުގައި އަމަލީ ގޮތުން ބައިވެރިވެފަ އެވެ. އެގޮތުން އޭނާ ވަނީ ކެރީބިއަން ސީ ޓާޓަލް ކޮންސަވޭޝަން ނެޓްވޯކުގައި ވެސް ބައިވެރިވެފަ އެވެ.

ކްލެއާ ވަނީ 2016 ވަނަ އަހަރު އޮލީވް ރިޑްލީ ޕްރޮޖެކްޓްގައި ބައިވެރިވެ ރާއްޖޭގެ މެރިން ޓާޓަލް ރެސްކިއު ސެންޓަރާ ގުޅެފަ އެވެ. މިއީ ރާއްޖޭގައި އުފެދުނު މިފަދަ ފުރަތަމަ ރެސްކިއު ކްލިނިކެވެ. ވެލައަށް ފަރުވާ ދިނުމާއި ވެލާ ރެސްކިއު ކުރުމުގެ އިތުރުން އެ ތަކެތި ރީހެބިލިޓޭޓް ކުރުމުގެ މަސައްކަތް ވެސް އޭނާ ކޮށްފައިވެ އެވެ.

ކޭލް މޭޖާ އަކީ "ޕެޑުލް އެގެއިސްޓް ޕްލާސްޓިކް" ޖަމިއްޔާގެ ފައުންޑާ އެވެ. މި ޖަމިއްޔާ 2016 ވަނަ އަހަރު އުފެދުނު އިރު އެ ޖަމިއްޔާ ކުރިއަށްގެންދާ ހަރަކާތްތަކާ އެކު ޕްލާސްޓިކް ޕޮލިއުޝަނާ މެދު ދުނިޔޭގެ ސަމާލުކަން އިތުރުވެގެން ދިޔަ އެވެ.

އޭނާ އިސްވެ ހުރެ ކުރާ މިފަދަ ދަތުރުތަކުގައި ދުނިޔޭގެ ރެކޯޑްތައް ވަނީ ހާސިލުކޮށްފަ އެވެ. އެގޮތުން ބްރިޓަންގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުގައި ފަލި ޖަހައިގެން ދަތުރުކޮށްފައިވެ އެވެ. އެގޮތުން 59 ދުވަހުގެ ތެރޭގައި 1000 މޭލުގެ ސަރަހައްދެއްގައި މޫދުގެ ސަރަހައްދުން ޕްލާސްޓިކް ހޮވަމުން ދަތުރު ކުރި އެވެ.