ކަޝްމީރުގެ ރައްޔިތުން ހިމާޔަތް ކުރަން ސުޕްރީމް ކޯޓުން އަންގައިފި
ކަޝްމީރުގެ ރައްޔިތުން ހިމާޔަތް ކުރަން ސުޕްރީމް ކޯޓުން އަންގައިފި

ނިއު ދިއްލީ (ފެބްރުއަރީ 22) - ކަޝްމީރުގައި މިދިޔަ ހަފުތާގައި ދިން ހަމަލާ އަށް ބަދަލު ހިފުމުގެ ގޮތުން ދީީފާނެ ހަމަލާއަކުން ކަޝްމީރުގެ ރައްޔިތުން ހިމާޔަތް ކުރުމަށް އިންޑިއާގެ ސުޕްރީމް ކޯޓުން އެ ގައުމުގެ ސަރުކާރަށް އަންގައިފި އެވެ.

ކަޝްމީރުގެ ރައްޔިތުން ހިމާޔަތް ކުރަން ސުޕްރީމް ކޯޓުން އަންގައިފި
ކަޝްމީރުގެ ރައްޔިތުން ހިމާޔަތް ކުރަން ސުޕްރީމް ކޯޓުން އަންގައިފި

ކަޝްމީރުގެ ކިޔަވާ ކުދިންނާއި ވިޔަފާރިވެރިންނަށް ފުރައްސާރަކުރާ ކަމުގެ ރިޕޯޓްތައް ވަނީ ފަހަކަށް އައިސް ލިބެން ފަށައިފަ އެވެ. ކަޝްމީރުގެ ރައްޔިތުން އިންޑިއާގެ އެކި ސްޓޭޓްތަކުގައި ދިރިއުޅެ އެވެ. މި މަހު 14 ވަނަ ދުވަހު ކަޝްމީރުގެ ޕުލްވަމާގައި ދިން ހަމަލާ އަށް ފަހު އިންޑިއާ އާއި ޕާކިސްތާނުގެ މަސްރަހު ވަނީ ހޫނުވެފަ އެވެ. ހަމަލާގައި ވަނީ އިންޑިއާގެ ޕެރަމިލިޓަރީ ފުލުހުންގެ 42 މީހުން މަރުވެފަ އެވެ.

އިންޑިއާގެ 10 ސްޓޭޓެއްގައި ކަޝްމީރުގެ ރައްޔިތުން އެކަށީގެންވާ އަދަދަކަށް އުޅެ އެވެ. ސުޕްރީމް ކޯޓުން ވަނީ ފެޑެރަލް ސަރުކާރުގެ އިތުރުން އެ 10 ސްޓޭޓުގެ ސަރުކާރުން ވެސް ކަޝްމީރުގެ ރައްޔިތުން ހިމާޔަތް ކުރުމަށް އަމުރުކޮށްފަ އެވެ. ސުޕްރީމް ކޯޓުން މި އަމުރު ނެރެފައި ވަނީ އެ ކޯޓަށް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެންނެވެ.

ކަޝްމީރުގައި ދިން ހަމަލާގެ ޒިންމާ އުފުލާފައި ވަނީ ޕާކިސްތާނަށް ނިސްބަތްވާ ޖަމާއަތަކުންނެވެ. އެހެންވެ އިންޑިއާ އިން އެ ހަމަލާގެ ތުހުމަތު އަޅުވާފައި ވަނީ ޕާކިސްތާނުގެ ބޮލުގަ އެވެ. ނަމަވެސް ޕާކިސްތާނުން ވަނީ އެކަން ދޮގުކޮށްފަ އެވެ.