އެންމެ ގިނައިން އާމްދަނީ ލިބޭ 20 އެކްޓަރުންގެ ތެރޭގައި ބޮލީވުޑް ހަތަރު ތަރިން
އެންމެ ގިނައިން އާމްދަނީ ލިބޭ 20 އެކްޓަރުންގެ ތެރޭގައި ބޮލީވުޑް ހަތަރު ތަރިން

ފޯބްސް އިން ހޮވާ، އެންމެ ގިނައިން އާމްދަނީ ލިބޭ 20 އެކްޓަރުންގެ ތެރޭގައި ބޮލީވުޑްގެ ތަރިން ކަމަށްވާ ޝާހްރުކް، އަކްޝޭ، ސަލްމާން ހިމެނިއްޖެ އެވެ. ޝާހްރުކް ޚާނަށް މި ލިސްޓުގެ އަށް ވަނަ ލިބިފައި ވާއިރު އަހަރެއްގެ އާމްދަނީ އަކީ 33 މިލިއަން ޑޮލަރެވެ.

އެންމެ ގިނައިން އާމްދަނީ ލިބޭ 20 އެކްޓަރުންގެ ތެރޭގައި ބޮލީވުޑް ހަތަރު ތަރިން
އެންމެ ގިނައިން އާމްދަނީ ލިބޭ 20 އެކްޓަރުންގެ ތެރޭގައި ބޮލީވުޑް ހަތަރު ތަރިން

އަކްޝޭ ކުމާރަށް ލިސްޓުގެ 10 ވަނަ ލިބެނީ އާމްދަނީ 31.5 މިލިއަން ޑޮލަރަށް އަރާފައި ވާތީ އެވެ. ސަލްމާން ޚާން އޮތީ 14 ވަނައިގަ އެވެ. އޭނާގެ އާމްދަނީ އުޅެނީ 28.5 މިލިއަން ޑޮލަރުގަ އެވެ. އަހަރުގެ އާމްދަނީ 20 މިލިއަން ޑޮލަރުގައި ހުރި އަމީތާބް ބައްޗަން އަށް ލިބުނީ މި ލިސްޓުގެ 18 ވަނަ އެވެ.

މި ލިސްޓުގެ އެއްވަނައިގައި ވަނީ ޑްވޭން ޖޯންސަން އެވެ. އޭނާއަށް އަހަރަކު 64.5 މިލިއަން ޑޮލަރު ލިބެ އެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ބަތަލާ ޖެނިފާ ލޯރެންސް އަށް ވުރެ ޖޯންސަން އަށް ލިބޭ މިންވަރު 20 މިލިއަން ޑޮލަރު އިތުރެވެ.

މިދިޔަ އަހަރު މި ލިސްޓުން ޝާހްރުކްގެ ނަން ނުފެނުނު ނަމަވެސް މިފަހަރު އޭނާ ވަނީ ލިސްޓުގައި ހިމެނޭ ހިންދީ ފިލްމު ކުޅޭ ތަރިންގެ ތެރެއިން އެއްވަނަ ހޯދާފަ އެވެ.

މި ލިސްޓުން ދައްކާ ގޮތުން ޝާހްރުކަށް ރޮބަޓް ޑައުނީ ޖޫނިއާ އަށް ލިބޭ ވަރަށް އާމްދަނީ ލިބެ އެވެ. ނަމަވެސް ލިއޮނާޑޯ ޑި ކެޕްރިއޯ އަށް ވުރެ ޝާހްރުކަށް ލިބޭ އާމްދަނީ އިތުރެވެ. މިއަހަރު އޮސްކާ އެވޯޑް ހާސިލުކުރި ހޮލީވުޑްގެ މަޝްހޫރު ތަރި ޑި ކެޕްރިއޯގެ މިއަހަރުގެ އާމްދަނީ އުޅެނީ 27 މިލިއަން ޑޮލަރުގަ އެވެ. އަދި "ޖުރެސިކް ވޯލްޑް" ގެ ތަރި ކްރިސް ޕްރެޓް އާއި ވިލް ސްމިތަށް ވުރެ ވެސް ޝާހްރުކަށް ލިބޭ އާމްދަނީ އިތުރެވެ.

މިއަހަރު އިންޑިއާގެ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދި އަކްޝޭ ކުމާރުގެ މިދިޔަ އަހަރުގެ އާމްދަނީ އުޅެނީ 31.5 މިލިއަން ޑޮލަރުގަ އެވެ. މިއަހަރުގެ މިހާތަނަށް ނިކުތް އަކްޝޭގެ ތިން ފިލްމަކަށް ބޮޑު ކާމިޔާބެއް ލިބިފައިވެ އެވެ. އަދި އޭނާ އެންޑޯސްކުރާ އެކި އެކި ޕްރޮޑަކްޓްތަކުން ވެސް ބޮޑު އާމްދަނީއެއް ލިބުނެވެ.

ސަލްމާން ޚާން ވަނީ ކުރީ އަހަރުގެ ލިސްޓުގައި އޮތް މަގާމުން ދަށަށް ގޮސްފަ އެވެ. އޭނާގެ މިދިޔަ އަހަރުގެ އާމްދަނީ އަކީ 28.5 މިލިއަން ޑޮލަރެވެ. އޭގެ ކުރީ އަހަރު އޭނާއަށް ލިބުނީ 33.5 މިލިއަން ޑޮލަރެވެ.

އަމީތާބު ބައްޗަންގެ އާމްދަނީ ވެސް ކުރީ އަހަރަށް ވުރެ ވަނީ ދަށްވެފަ އެވެ. މިދިޔަ އަހަރު އޭނާއަށް މި ލިސްޓުގެ ހަތް ވަނަ ލިބުނު ނަމަވެސް މިފަހަރު 20 މިލިއަން ޑޮލަރު ލިބިގެން އޭނާއަށް ލިބިފައިވަނީ 14 ވަނަ އެވެ.

ފޯބްސް އިން ހޮވާ ދުނިޔޭގެ އެންމެ އަގުބޮޑު ބަތަލާއިންގެ ލިސްޓުގައި ހިމެނިފައިވާ ހަމައެކަނި ބޮލީވުޑް ތަރިއަކީ ދީޕިކާ ޕަދުކޯން އެވެ. ދިހަ މިލިއަން ޑޮލަރާއެކު ދީޕިކާއަށް ލިބުނީ 10 މިލިއަން ޑޮލަރެވެ.