20 ފެބުރުއަރީ 2019 - 20:35

ހާލަތާބާރުގެ ނުބައްދަލު ބާރުގެ ބޭނުން ފުލުހުން ކުރޭތޯ ބަލަމުން ގެންދާނެ ކަމަށް ފުލުހުންގެ އެކްޓިން ކޮމިޝަނާ މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޓްވިޓާ މެދުވެރިކޮށް ހަމީދު ވިދާޅުވެފައި ވަނީ ފުލުހުން ބާރުގެ ބޭނުން ކުރާ ކަމުގެ ޝަކުވާ އާންމުން ކުރާތާ އެތައް ކަމަ އަހަރެއް ވެއްޖެ ކަމާ ކަމަށެވެ. އެކަމަށް އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވުމުގެ އިތުރުން، ބާރުގެ ބޭނުންކޮށްފައިވާ ހުރިހާ ހާދިސާއެއް ބަލާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
އާންމުން ފުލުހުންނަށް ކުރާ އިތުބާރު ކުޑަ ކަން އެތަނުން ވަނީ ބުނެއެެެެވެ. އެ އިތުބާރު ހޯދުމަށްޓަކައި އެ ތަނުން ކުރަމުން އަންނަ ތަފާތު ކަންތަކުގެ ތެރޭގައި އާންމުން ކުރާ ސުވާލުތަކަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ޖަވާބު ދިނުން ހިމެނެ އެވެ.