25 އޯގަސްޓް 2016 - 20:46

ސިވިލް ކޯޓުގެ މުވައްޒަފުންގެ ތެރެއިން 30 އަހަރަށް ވުރެ ގިނަ ދުވަހު އެ ކޯޓަށް ޚިދުމަތްކޮށްފައިވާ ހަ މުވައްޒަފަކަށް ޝަރަފުގެ ހަނދާނީ ފިލާ މިއަދު ދީފި އެވެ.
އެ ކޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ހަނދާނީ ފިލާ ދިނީ، ސިވިލް ކޯޓަށް 40 އަހަރު ޚިދުމަތް ކުރި މުވައްޒަފަށާއި 36 އަހަރު ޚިދުމަތް ކުރި މުވައްޒަފަކަށާއި 35 އަހަރު ޚިދުމަތް ކުރި ދެ މުވައްޒަފަކާއި 34 އަހަރު ޚިދުމަތް ކުރި މުވައްޒަފެއް އަދި 32 އަހަރު ޚިދުމަތް ކުރި މުވައްޒަފަކަށެވެ.
އެ މީހުންނަށް ހަނދާނީ ފިލާ ހަވާލުކޮށް ދެއްވީ ސިވިލް ކޯޓުގެ އިސްގާޒީ އާއި ގާޒީންނެވެ.
މިއަދުގެ ހަފުލާގައި ސިވިލް ކޯޓުގެ އިސްގާޒީ އަބްދުﷲ އަލީ ދެއްކެވި ވާހަކައިގައި، އެ ކޯޓުގެ ޚިދުމަތް ގުޅިފައިވަނީ ގާޒީންނާއި މުވައްޒަފުންގެ ބުރަ މަސައްކަތުގެ މައްޗަށް ކަމަށް ވާތީ އެކަން ކޯޓުން އަބަދުވެސް ފާހަގަކުރާނެ ކަމަށް ވިދާޅުވި އެވެ.