20 ފެބުރުއަރީ 2019 - 15:17

ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ މިއަދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ގާޒީ ޖަމީލު މިހާތަނަށް މަސައްކަތް ކުރައްވަމުން ގެންދެވީ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ސެކްޝަނުގަ އެވެ.
ޖަމީލް އިސްތިއުފާ ދެއްވި ސަބަބެއް އެނގޭ ގޮތެއް ނުވި އެވެ.
ސިވިލް ކޯޓުގެ ގާޒީއެއްގެ މަގާމަށް ވަޑައިގެންނެވުމުގެ ކުރިން ޖަމީލް މަސައްކަތް ކުރެއްވީ ރަށު ކޯޓެއްގެ މެޖިސްޓްރޭޓެއްގެ ގޮތުގަ އެވެ.
ސިވިލް ކޯޓުގައި އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވުމަށް ފަހު ޖަމީލް ވަނީ ހައި ކޯޓުގެ ފަނޑިޔާރެއްގެ މަގާމަކަށް ވެސް ކުރިމަތިލައްވައިފަ އެވެ. ނަމަވެސް އެ ފަހަރު ހޮވިވަޑައިގެންފައެއް ނުވެ އެވެ.
ސިވިލް ކޯޓަށް ވަޑައިގެންނެވުމަށް ފަހު ޖަމީލް ވަނީ އެ ކޯޓުގެ ބައެއް ބޮޑެތި މައްސަލަތައް ބައްލަވައިފަ އެވެ.
ޖަމީލް އިސްތިއުފާ ދެއްވުމުން ސިވިލް ކޯޓުގައި މިހާރު ތިއްބަވާނީ 14 ފަނޑިޔާރުންނެވެ.