ސިޔާސީ މީހުން ޝަރުއީ ނިޒާމުން އެއް ފަރާތް ވާން ޖެހޭ: ޑރ. ޖަމީލް
ސިޔާސީ މީހުން ޝަރުއީ ނިޒާމުން އެއް ފަރާތް ވާން ޖެހޭ: ޑރ. ޖަމީލް

ޝަރުއީ ނިޒާމް ކުރިއަރައި ދިއުމަކީ ރާއްޖޭގެ ހުކޫމަތަށް މުހިންމު ކަމެއް ކަމަށާއި ސިޔާސީ ބޭފުޅުން އެ ނިޒާމުން އެއް ފަރާތް ވާން ޖެހޭ ކަމަށް ވިދާޅުވެ، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިފައި އޮންނަ ގޮތަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.

ސިޔާސީ މީހުން ޝަރުއީ ނިޒާމުން އެއް ފަރާތް ވާން ޖެހޭ: ޑރ. ޖަމީލް
ސިޔާސީ މީހުން ޝަރުއީ ނިޒާމުން އެއް ފަރާތް ވާން ޖެހޭ: ޑރ. ޖަމީލް

"ޖުޑީޝަލް ކޮންފަރެންސް އޮން ޖުޑީޝަލް އިންޑެޕެންޑެންސް އެންޑް ރިފޯމް" ނަމުގައި ދަރުބާރުގޭގައި މިއަދު ފެށި މަހާސިންތާގެ ސެޝަނެއް ނަންގަވައި ދެއްވައި ޖަމީލް ވިދާޅުވީ، ޝަރުއީ ނިޒާމުގެ މިނިވަންކަމަށްޓަކައި ވެސް، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ސިޔާސީ ނުފޫޒު އެއްކިބާވާނެ ގޮތަކަށް ހަދަން ޖެހޭ ކަމަށެވެ.

ސިޔާސީ މީހުން ޝަރުއީ ނިޒާމުން އެއް ފަރާތް ވާން ޖެހޭ: ޑރ. ޖަމީލް
ސިޔާސީ މީހުން ޝަރުއީ ނިޒާމުން އެއް ފަރާތް ވާން ޖެހޭ: ޑރ. ޖަމީލް

"މިހާރު އޮތް ގޮތުން، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި ސިޔާސީ ބޭފުޅުން އައްޔަންކުރާ ބޭފުޅުން ޖޭއެސްސީގައި އެކުލެވުމަކީ ކުރީގައި ޖަސްޓިސް މިނިސްޓްރީ އޮވެގެން ފާޑުކީ ފަރާތްތައް މިހާރު މާ ބޮޑަށް ފާޑުކިޔަންޖެހޭ ކަމެއް،" ކުރީގެ ޖަސްޓިސް މިނިސްޓަރުކަން ކުރެއްވި ޖަމީލް ވިދާޅުވި އެވެ.

ސިޔާސީ މީހުން ޝަރުއީ ނިޒާމުން އެއް ފަރާތް ވާން ޖެހޭ: ޑރ. ޖަމީލް
ސިޔާސީ މީހުން ޝަރުއީ ނިޒާމުން އެއް ފަރާތް ވާން ޖެހޭ: ޑރ. ޖަމީލް

ޖޭއެސްސީ އަށް މެމްބަރުން ބަހާފައިވާ ގޮތް އިސްލާހު ކުރަން މަސައްކަތް ކުރަން ޖެހޭކަން ފާހަގަ ކުރައްވައި، ޖަމީލް ވިދާޅުވީ މިހާރު އޮންނަ ގޮތަށް އެ ކޮމިޝަން އެކުލަވައިލުމުގެ ފުރުސަތު އޮންނަ ނަމަ، ރާއްޖޭގެ ޝަރުއީ ނިޒާމު ދުވަހަކު ވެސް ސިޔާސީ ނުފޫޒުން އެއްކިބާވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ސިޔާސީ މީހުން ޝަރުއީ ނިޒާމުން އެއް ފަރާތް ވާން ޖެހޭ: ޑރ. ޖަމީލް
ސިޔާސީ މީހުން ޝަރުއީ ނިޒާމުން އެއް ފަރާތް ވާން ޖެހޭ: ޑރ. ޖަމީލް

އެހެންވެ، ގާނޫނީ އޮނިގަނޑު އޮތް ގޮތުން ދިމާވާ މައްސަލަތަކަކީ ކޮބައިތޯ ދެނެގަނެ، އެ ކަންކަމަށް ހައްލު ހޯދަން ޖެހޭ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޖޭއެސްސީ އެކުލެވޭ ގޮތަށް ބަދަލު ގެންނަން ވާނީ ކުރިއަރާފައިވާ އިސްލާމީ ގައުމުތަކުގެ ޝަރުއީ ނިޒާމުތައް ދިރާސާކޮށްފަ އެވެ.

ސިޔާސީ މީހުން ޝަރުއީ ނިޒާމުން އެއް ފަރާތް ވާން ޖެހޭ: ޑރ. ޖަމީލް
ސިޔާސީ މީހުން ޝަރުއީ ނިޒާމުން އެއް ފަރާތް ވާން ޖެހޭ: ޑރ. ޖަމީލް

މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުއަސާސީ ފަރުމާ ކުރުމުގައި ވެސް އިސް ދައުރެއް އަދާކުރެއްވި ޖަމީލް ވިދާޅުވި ގޮތުގައި މިދިޔަ ފަސް އަހަރު ޝަރުއީ ނިޒާމުގެ ތެރޭގައި ހިނގި ކަންކަމުގެ ސަބަބުން ވަރަށް ބޮޑެތި އިހްސާސްތަކާއި ކެކުޅުންތަކެއް އުފެދުނު ކަމަށެވެ. އަދި ޝަރުއީ ނިޒާމާއި ރައްޔިތުންގެ މަޖިލީހާ ދޭތެރޭގައި އާންމުން ކުރާ އިތުބާރު ވަރަށް ކުޑަވެގެން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިޔާސީ މީހުން ޝަރުއީ ނިޒާމުން އެއް ފަރާތް ވާން ޖެހޭ: ޑރ. ޖަމީލް
ސިޔާސީ މީހުން ޝަރުއީ ނިޒާމުން އެއް ފަރާތް ވާން ޖެހޭ: ޑރ. ޖަމީލް

"އަޅުގަނޑު މި ވާހަކަ ދައްކަނީ ހިތުގައި އެ ތަދު އިހްސާސް ކުރަމުން،" ޖަމީލް ވިދާޅުވި އެވެ.

ސިޔާސީ މީހުން ޝަރުއީ ނިޒާމުން އެއް ފަރާތް ވާން ޖެހޭ: ޑރ. ޖަމީލް
ސިޔާސީ މީހުން ޝަރުއީ ނިޒާމުން އެއް ފަރާތް ވާން ޖެހޭ: ޑރ. ޖަމީލް

ރައްޔިތުންނަށް ހާއްސަ ކޮށްގެން ވަރަށް ގިނަ ގާނޫނުތަކެއް ވުޖޫދަށް އައިކަން ފާހަގަ ކުރައްވައި ޖަމީލް ވިދާޅުވީ، ރައްޔިތަކަށް މުހިންމު ވަނީ ގިނަ ގާނޫނުތަކެއް އައުން ނޫން ކަމަށެވެ. އަދި ރައްޔިތުންނަށް މުހިންމު ވަނީ ކޯޓުތަކުން އެ ގާނޫނުތައް ތަންފީޒު ކުރާ ގޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސިޔާސީ މީހުން ޝަރުއީ ނިޒާމުން އެއް ފަރާތް ވާން ޖެހޭ: ޑރ. ޖަމީލް
ސިޔާސީ މީހުން ޝަރުއީ ނިޒާމުން އެއް ފަރާތް ވާން ޖެހޭ: ޑރ. ޖަމީލް

އެއްވެސް މީހަކާ ދެކޮޅަށް "އިމަޖެންސީ" ޝަރީއަތްތައް ހިންގައިގެން ނުވާނެ ކަމަށާއި ކޮންމެ މީހަކާ ދޭތެރޭ އަމަލު ކުރަން ވާނީ އާންމު އުސޫލުން ކަމަށް ޖަމީލް ވިދާޅުވި އެވެ.

އދ. ގެ ހިއުމަން ރައިޓްސް ކޮމިޓީގެ ނިންމުންތަކުން މިސާލު ނަންގަވައި ޖަމީލް ވިދާޅުވީ، ރާއްޖޭގެ ޝަރުއީ ނިޒާމު ކުރިއަރުވައި ތަރައްގީކުރުމުގެ ބިޔަ މަސްއޫލިއްޔަތު އޮތީ ދިވެހިންގެ އަތްމަތީގައި ކަމަށެވެ.

"ދިވެހިންގެ އަތްމަތީގައި ރާއްޖޭގެ ނިޒާމު ކުރިއަރުވައި ތަރައްގީކުރުމުގެ ބިޔަ މަސްއޫލިއްޔަތު އޮތީ، ތިޔަ އިއްޒަތްތެރި ކޯޓަށް، އިއްޒަތްތެރި ފަނޑިޔާރުންގެ ކޮނޑުފުޅުމަތީ އޮތީ،" ސުޕްރީމް ކޯޓާއި ހައި ކޯޓާއި ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ފަނޑިޔާރުން ބައިވެރިވެވަޑައިގެންނެވި ސެޝަންގައި ޖަމީލް ވިދާޅުވި އެވެ.

ޝަރުއީ ނިޒާމު އިސްލާހު ކުރުމުގެ މުހިންމު ކަން ފާހަގަ ކުރައްވައި ޖަމީލް ވިދާޅުވީ އެ ނިޒާމު އިސްލާހު ކުރުމުގެ ތެރޭގައި އެއް ބާރަކުން އަނެއް ބާރުގެ ތެރެއަށް ވަދެވޭ ގޮތަށް އިސްލާހު ފަރުމާ ކުރުމަކީ ވަރަށް ހިތާމަ ހުރި ކަމަށް ވެގެން ހިނގައިދާނެ ކަމަށެވެ. އެއީ ޝަރުއީ ނިޒާމުގެ މިނިވަންކަން ހަރުދަނާ ކުރުމުގެ ބަދަލުގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ ކޯޓުތަކުގެ އިދާރީ ހިންގުމުގެ ތެރެއަށް އެހެން ފަރާތެއް ވަނުމަކީ ބައިނަލްއަގުވާމީ ހަމަތަކާއި ބޭރުގެ ގައުމުތަކާއި ދިވެހިން އަމަލުކުރާ އުސޫލުގެ ތެރޭގައި ނެގެހެއްޓޭނެ ކަމެއް ނޫން ކަމަށެވެ. އެހެންވެ، ޝަރުއީ ނިޒާމު އިސްލާހު ކުރާއިރު، މި ކަމުގައި ވަކި ކުލައެއް ނުޖެއްސުމަށް އޭނާ އެދިވަޑައިގަތެވެ.

"ޝަރުއީ ނިޒާމް އިސްލާހު ކުރުމުގައި ވަކި ކުލައެއް، ސިޔާސީ ފިކުރެއް ނުޖައްސައި މިކަން ކުރަން ޖެހޭނީ އިލްމީ ގޮތުން. އަޅުގަނޑު ދެކޭގޮތުގައި ކުޑަކުޑަ ވޯކްޝޮޕެއްގެ ތެރޭގައި ސިޔާސީ ވަކި ޕާޓީއެއް، ވަރަށް އާދައިގެ ގޮތަކަށް ނިންމާލާ ކަމެއްގެ ގޮތުގައި ބޮޑު ކަމެއް މިކަމަކީ،" އެމްޑީޕީން އެޖެންޑާ 19 ގެ ނަމުގައި ބޭއްވި ވޯކްޝޮޕަށް ވަރަށް ބޮޑަށް ފާޑު ކިޔައި ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވި ގޮތުގައި ބޭރުގެ ތަޖުރިބާކާރުންނާ ނުލައި، ދާއިރާ އިސްލާހު ކުރަން ހެޔޮ ނުވާނެ އެވެ.

އޭނާ ވަނީ އަދުލު އިންސާފު ގާއިމުކޮށް، ފަނޑިޔާރުންގެ މިނިވަންކަން ހިފެހެއްޓުމަށް ފާއިތުވެދިޔަ ދުވަސްތަކުގައި ޝައްކު އުފެދޭ ގޮތަށް ނިންމާފައި ހުރި މައްސަލަތައް ފަނޑިޔާރުން އިސް ނަގައިގެން ފުރިހަމަ ގޮތެއްގައި ތަހުގީގު ކުރުމަށް ގޮވާލައްވައިފަ އެވެ. އަދި އެ މައްސަލަތައް ތަހުގީގު ކުރުމަކީ ރާއްޖޭގެ ފަނޑިޔާރުގެއަށް އިތުބާރު ލިބިގެންދާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ފަނޑިޔާރުން އައްޔަން ކުރުމާއި ވަކި ކުރުން ހަރުދަނާ ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު އެދެނީ ރާއްޖޭގެ ޝަރުއީ ނިޒާމާއި ފަނޑިޔާރުގެ އަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ވެގެން ދިއުން. ފުރިހަމަ މިނިވަން ކަން ލިބުން،" ޖަމީލް ވިދާޅުވި އެވެ.