ޔޫސޭ މަޖިލީހަށް ވާދަ ކުރަން ފޯމު ހުށަހަޅައިފި
ޔޫސޭ މަޖިލީހަށް ވާދަ ކުރަން ފޯމު ހުށަހަޅައިފި

ކޮމޭޑިއަން ޔޫސުފް ރަފީއު (ޔޫސޭ) ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަން ނިންމައި އިލެކްޝަންސް ކޮމިޝަނަށް މިއަދު ފޯމް ހުށަހަޅައިފި އެވެ.

ފިލްމުތަކުގައި އިޖުތިމާއީ ގިނަ މައްސަލަތަކެއް ފެންމަތި ކޮށްފައިވާ ޔޫސޭ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރަނީ އޭނާ ނިސްބަތްވާ މާފަންނު ދެކުނު ދާއިރާ އަށެވެ. އިލެކްޝަނަށް ފޯމު ހުށަހެޅުމަށް ފަހު ޓުވިޓާ މެދުވެރިކޮށް ޔޫސޭ ބުނީ އޭނާގެ އުއްމީދަކީ ރައްޔިތުންގެ ލޯތްބާއި އިހްތިރާމް އަބަދުވެސް ލިބުން ކަމަށެވެ.

ފޯމް ލެއްވުމަށް ފަހު ޓްވިޓާ މެދުވެރިކޮށް ދެއްވި ވީޑިއޯ މެސެޖެއްގައި ޔޫސޭ ވިދާޅުވީ އޭނާގެ އުއްމީދަކީ ރައްޔިތުން ދެއްވާ ލޯތްބާއި އިހުތިރާމު އަބަދުވެސް ލިބުން ކަމަށެވެ.

މާފަންނު ދެކުނު ދާއިރާގެ މިހާރުގެ މެމްބަރު، ޕީޕީއެމްގެ އަބްދުﷲ ރިފާއު، މިފަހަރުގެ އިންތިޚާބުގައި ވެސް އެ ދާއިރާއަށް ވާދަ ކުރައްވާއިރު ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ވެސް އެ ދާއިރާ އަށް ވާދަ ކުރެ އެވެ.

ރައްޔިތުން މަޖިލީހުގެ މާލޭގެ މެމްބަރުކަން 1988 ވަނަ އަހަރު ޔޫސޭ ކާމިޔާބު ކުރެއްވި އެވެ. އޭގެފަހުން، އެކި ދައުރުތަކުގައި ޔުސޭ އިންތިހާބަށް ކުރިމަތިލީ ނަމަވެސް ކާމިޔާބެއް ނުވެ އެވެ.