ބްރިޖާއި ހައިވޭގައި ޗެކްޕޮއިންޓްތައް ހަދައި، ވެހިކަލްތައް ފާސްކުރަނީ
ބްރިޖާއި ހައިވޭގައި ޗެކްޕޮއިންޓްތައް ހަދައި، ވެހިކަލްތައް ފާސްކުރަނީ

ސިނަމާލެ ބްރިޖާއި ހައިވޭގައި ފުލުހުންގެ ޗެކްޕޮއިންޓްތައް ހަދައި، އެ މަގުން ދުއްވާ ވެހިކަލްތައް ބަލާ ފާސްކުރަން ފަށައިފި އެވެ.

ބްރިޖާއި ހައިވޭގައި ޗެކްޕޮއިންޓްތައް ހަދައި، ވެހިކަލްތައް ފާސްކުރަނީ
ބްރިޖާއި ހައިވޭގައި ޗެކްޕޮއިންޓްތައް ހަދައި، ވެހިކަލްތައް ފާސްކުރަނީ

ބްރިޖާއި ހައިވޭގައި ދުއްވާ އުޅަނދުތައް ބަލާ ފާސްކުރަން ފުލުހުން މި ފެށީ އެ މަގުތަކުގައި ހިނގާ އެކްސިޑެންޓުތައް އިންތިހާއަށް ގިނަވެފައި ވަނިކޮށެވެ.

ބްރިޖާއި ހައިވޭގައި ޗެކްޕޮއިންޓްތައް ހަދައި، ވެހިކަލްތައް ފާސްކުރަނީ
ބްރިޖާއި ހައިވޭގައި ޗެކްޕޮއިންޓްތައް ހަދައި، ވެހިކަލްތައް ފާސްކުރަނީ

ފުލުހުން ބުނިގޮތުގައި ޗެކްޕޮއިންޓްތައް ގާއިމު ކުރީ ވެސް، އެކްސިޑެންޓްތައް މަދުކޮށް، ބާރު ސްޕީޑުގައި ދުއްވުމާއި ޓްރެފިކްގެ ގާނޫނާއި ގަވައިދާ ހިލާފަށް ދުއްވާ މީހުން ހުއްޓުވުމަށެވެ. އަދި ބްރިޖާއި ހައިވޭގެ އެކި ހިސާބުތަކުގައި ހަރަކާތްތެރިވާނެ ކަމަށް ފުލުހުން ބުންޏެވެ.

ނުރައްކާތެރި އެކްސިޑެންޓުތައް ހައިވޭގައި ހިނގާފައިވާއިރު، އިއްޔެ ވެސް ވަނީ ބާރު ސްޕީޑެއްގައި އެ މަގުން ދުއްވި ކާރެއް އެކްސިޑެންޓްވެ، ފުނޑުފުނޑުވެފަ އެވެ.

ޕްރައިވެޓް މި ކާރު ކޮންޓްރޯލް ނުވެ ގޮސް ޖެހުނު ބާރު މިނުގައި، މަގުމަތީގައި ޖަހާފައި ހުރި ހޮޅިދަނޑި ވެސް ވެއްޓި، ހައިވޭގެ ދަގަނޑު ފެންސް ވެސް އޮތީ ބިނދިފަ އެވެ. ކާރު އޮތީ ފެންސުގެ އެތެރެއިން ޕޭވްމަންޓްމައްޗަށްވާ ގޮތަށެވެ.