18 ފެބުރުއަރީ 2019 - 12:23

ގަވައިދާ ހިލާފަށް ޕާކް ކުރުމުން ޓޯކޮށްފައިވާ 58 ކާރަކާއި 180 ސައިކަލެއް ނައްތާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ބުނީ ވެހިކަލްތައް ނައްތާލަނީ ގާނޫނީ ގޮތުން ފުރިހަަމަ ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް ފަހުގައި ކަމަށެވެ.
ވެހިކަލްތައް ނައްތާލަމުން އަންނަނީ މާލޭ އެއް ނަމްބަރު ކުނި ކޮއްޓާއި ތިލަފުށީގަ އެވެ. އެކަން ކުރަނީ ފުލުހުންނެވެ.
ޓޯކުރާ ވެހިކަލްތައް ގެންދަން އޭގެ ވެރިންނަށް ފުލުހުން ފުރުސަތުދެ އެވެ. އެގޮތުން ޖޫރިމަނާ ފީ ދެއްކުމަށް ފަހުގައި ގެންދިއުމަށެވެ.
އެ އުސޫލުގެ ތެރެއިން ނުގެންގޮސް ހުންނަ ވެހިކަލްތައް އަންނަނީ ނައްތާލަމުންނެވެ.