މަތީ ތައުލީމާ ބެހޭ ޖަމިއްޔާގެ އަހަރީ ބައްދަލުވުން ބާއްވައިފި
މަތީ ތައުލީމާ ބެހޭ ޖަމިއްޔާގެ އަހަރީ ބައްދަލުވުން ބާއްވައިފި

މަތީ ތައުލީމު ފޯރުކޮށްދޭ އަމިއްލަ ފަރާތްތަކުގެ ޖަމިއްޔާގެ އަހަރީ ބައްދަލުވުން މިއަދު ބާއްވައިފި އެވެ.

ޕްރައިވެޓް ހަޔާ އެޑިއުކޭޝަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ފީމް) ގެ އަހަރީ ބައްދަލުވުމުގައި އެ ޖަމިއްޔާއިން މިދިޔަ އަހަރު ކުރި ކަންތައްތަކުގެ އަހަރީ ރިޕޯޓު ހުށަހެޅި އެވެ. ސައިރެކްސް ކޮލެޖުގެ ގަލޮޅު ކެމްޕަހުގައި ބޭއްވި މި ބައްދަލުވުމުގައި ކުރިމަގުގައި އެ ޖަމިއްޔާއިން ކުރަން ހުރި ކަންތައްތައް ވެސް މަޝްވަރާ ކުރި އެވެ.

ފީމް އިން ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މިހާރަށް ވުރެ ރަނގަޅަށް އެ ޖަމިއްޔާ އިން ކުރެވެން ހުރި ކަންތައް ފާހަގަ ކުރި އެވެ. އެއަށް ފަހު އެ ޖަމިއްޔާގެ އަސާސީ ގަވައިދަށް ގެންނަން ހުރި ބަދަލުތަކާ މެދު މަޝްވަރާކުރުުުުުުމަށް ފަހުު، އެ ކަންތައްތައް ފާސްކުރުމަށް ވޯޓު ދިިިިިިނެވެ. އޭގެ ތެރޭގައި ޖައިމްޔާތެރޭގައި އޮންނަ ވޯޓުލުމުގެ ނިޒާމަށް ގެނައި ބަދަލެއް ވެސް ހިމެނެ އެވެ.

މި ބައްދަލުވުމުގަައި އެ ޖަމިއްޔާ ހިންގާ އެގްޒެކެޓިވް ކޮމިޓީގެ ހުސް ގޮނޑިތަކަށް ބޭފުޅުން ހޮވި އެވެ. ފީމްގެ ޗެއާޕާސަނަށް މެޕްސް ކޮލެޖުގެ މުހައްމަދު އިނާޒު އައްޔަނު ކުރުމުގެ އިތުރުން، އެހެން އިސް މަގާމުތަކަށް އާ ބޭފުޅުން އައްޔަނު ކުރެއްވި އެވެ. އޭގެ ތެރޭގައި ފީމްގެ ރައީސް ކަމަށް ކްލިކް ކޮލެޖުގެ ހަސަން އަބްދުﷲ ސައީދު އައްޔަނު ކުރި އިރު، ނައީބް ރައީސްކަމަށް އައްޔަން ކުރީ ސައިރެކްސް ކޮލެޖުގެ އަހުމަދު ޝަރީފެވެ. އަދި އެ ޖަމިއްޔާގެ އިންތިޒާމު ސެކެޓަރީގެ މަގާމަށް މެރިޓައިމް އެކަޑަމީގެ އާދިލް ރަޝީދު ހޮވިއިރު، އެ ޖަމިއްޔާގެ ސެކެޓްރީ ޖެނެރަލްގެ ޒިންމާ ހަވާލުކުރީީ މިދިޔަ އަހަރު ވެސް އެ މަގާމު އަދާކުރައްވަމުން އައި ޑރ. އާމަލް އަލީ އެވެ.