އިސްކޮޅު ހުންނަވަރުގެ ބޮނޑިކޮޕީއެއް ހައްދައިފި
އިސްކޮޅު ހުންނަވަރުގެ ބޮނޑިކޮޕީއެއް ހައްދައިފި

އޮސްޓްރޭލިއާގެ ދަނޑުވެރި ދެމަފިރިއަކު، ބޮނޑިކޮޕީ ހެއްދޭނީ ކިހާ ބޮޑުކޮށްތޯ ބެލުމަށް ކުރި މަސައްކަތުގައި އާދަޔާ ހިލާފް ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ.

އިކޯ ޓޫރިޒަމް ގެސްޓް ވިޔަފާރިކުރާ ރޯޒްމޭރީ ނޯވުޑާއި އޭނާގެ ފިރިމީހާ ޝޯން ކޭޑްމޭން، ބޮޑުކޮށް ބޮނޑިކޮޕީ ހެއްދޭތޯމަސައްކަތް ފެށީ މިދިޔަ އަހަރުގެ އެޕްރީލް މަހުގަ އެވެ.

ނުވަ މަސް ދުވަހުގެ މަސައްކަތުގެ ނަތީޖާއަކީ ކިރިޔަކިިރިޔާ އުފުލައިލެވޭ ވަރުގެ ބޮނޑިކޮޕީއެއް ލިބުމެވެ. ރޯޒްމޭރީފެ ދެމަފިރިން ބުނި ގޮތުގައި އެ މީހުން ހެއްދި ބޮނޑިކޮޕީ މީހެއްގެ އިސްކޮޅަށް ވުރެ ވެސް ބޮޑެވެ.

"ހަގީގަތުގައި މިއީ ވަރަށް މަސައްކަތް،" ރޯޒްމޭރީ ސީއެންއެން އަށް ބުންޏެވެ.

އޭނާ ކިޔައި ދިން ގޮތުގައި ވަކި އަމާޒަކަށް ފެށި މަސައްކަތުން ނަޖީތާ ނެރެވުނީ ލައްކަ ހިތްވަރުކޮށްގެންނެވެ. އެގޮތުން މި ބޮނޑިކޮޕީ ދަނޑު ބެލެހެއްޓީ ދަނޑުތަކަށް ގެއްލުން ދީފާނެ ހުރިހާ ސޫފާސޫފިތަކުން ރައްކާތެރި ކުރެވޭ ހުރިހާ ފިޔަވަޅެއް އަޅައިގެން ކަމަށް ބުންޏެވެ.

ރޯޒްމޭރީ ކިޔައި ދިން ގޮތުގައި ބިޔަ ބޮނޑިކޮފީ ހައްދަން އެންމެ ބޮޑަށް މަގުފަހިކޮށް ދިނީ މޫސުމެވެ. އެހެންވެ މީގެ ހުރިހާ ޝުކުރެއް ވެސް އޮތީ ބޮނޑިކޮފީ ކެނޑުމާ ހަމައަށް މޫސުން އޮތް ގޮތް ކަމަށް ބުންޏެވެ. ބިޔަ ބޮނޑިކޮޕީ ކެނޑީ މިދިޔަ މަހުގެ ތެރޭގަ އެވެ.