ކަލާފާނު ސްކޫލްގެ 30 އަހަރު ފާހަގަކުރުމަށް ހާއްސަ ލަވައެއް އިފްތިތާހުކޮށްފި
ކަލާފާނު ސްކޫލްގެ 30 އަހަރު ފާހަގަކުރުމަށް ހާއްސަ ލަވައެއް އިފްތިތާހުކޮށްފި

ކަލާފާނު ސްކޫލުގެ 30 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް، އެ މުނާސަބަތާ ގުޅޭ ހާއްސަ ލަވައެއް މިއަދު އިފްތިތާހުކޮށްފި އެވެ.

ކަލާފާނު ސްކޫލްގެ 30 އަހަރު ފާހަގަކުރުމަށް ހާއްސަ ލަވައެއް އިފްތިތާހުކޮށްފި
ކަލާފާނު ސްކޫލްގެ 30 އަހަރު ފާހަގަކުރުމަށް ހާއްސަ ލަވައެއް އިފްތިތާހުކޮށްފި

ލަވަ ލޯންޗުކުރީ ކަލާފާނު ސްކޫލްގެ ކުރީގެ ދަރިވަރެއް ކަމަށްވާ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ބައިވެރިވެ ވަޑައިގެން، މިއަދު ހަވީރު ހެންވޭރު ދަނޑުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ލަވަ އިފްތިތާހު ކުރުމުގެ ގޮތުން މަހްލޫފް ވެސް ވަނީ ލަވަ ވިދާޅުވެފަ އެވެ.

ކަލާފާނު ސްކޫލްގެ 30 އަހަރު ފާހަގަކުރުމަށް ހާއްސަ ލަވައެއް އިފްތިތާހުކޮށްފި
ކަލާފާނު ސްކޫލްގެ 30 އަހަރު ފާހަގަކުރުމަށް ހާއްސަ ލަވައެއް އިފްތިތާހުކޮށްފި

މިއީ އެ ސްކޫލުގެ 30 އަހަރު ފާހަގަކުރުމަށްޓަކައި މުޅި އަހަރަށް ބަހާލައިގެން ކުރިއަށް ގެންދަން ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މި ލަވަ ހެއްދެވީ ކަލާފާނު ސްކޫލުގައި ދިވެހި ޓީޗަރެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި އަހްމަދު ނާސިހެވެ. އެ ލަވަ ކިޔާފައި ވަނީ އެ ސްކޫލުގެ ކުރީގެ ހަތަރު ދަރިވަރުން ކަމަށްވާ މުހައްމަދު އިޝާން، ހަމްދޫން އަހްމަދު، މަރިޔަމް ރިފާން ހަސަން ރަޝީދު އަދި ޒިޔާން އާސިމެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު މަހްލޫފު ވިދާޅުވީ އެ ސްކޫލުގައި ކިޔަވާ ހުރިހާ ދަރިވަރުންނަށް ވެސް ކާމިޔާބު ހޯދޭނެ ކަމުގެ ޔަގީންކަން އޭނާއަށް އެބަ އޮތް ކަމަށެވެ. އަދި ސްކޫލު ދުވަސްވަރުގެ ހަނދާންތައް އާކުރައްވައި، އެ ވާހަކަތައް ދަރިވަރުންނާއި ބެލެނިވެރިންނާ ހިއްސާކުރެއްވި އެވެ.

މި ރަސްމިއްޔާތު ނިންމާލީ ކަލާފާނު ސްކޫލުގެ މިހާރުގެ ދަރިވަރުންނާއި ކުރީގެ ދަރިވަރުންގެ ހާއްސަ ނެށުމަކުންނެވެ.

ކަލާފާނު ސްކޫލަށް 30 އަހަރު ފުރުން ފާހަގަކުރުމަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި 30 ގަޑިއިރުގެ ދުވުމެއްގެ އިތުރުން ސްކޫލް ތެރޭގައި ޓާފް ދަނޑެއް އެޅުން ހިމެނެ އެވެ.

ކަލާފާނު ސްކޫލަކީ 1989 ވަނަ އަހަރު ގްރޭޑް 1-5 އަށް ކިޔަވައިދިނުމަށް ހުޅުވި ސްކޫލެކެވެ. މި އަހަރުގެ ޖުލައި 25 ގައި 30 އަހަރު ވާ މި ސްކޫލުގައި މިހާރު ގްރޭޑް 10 އާ ހަމައަށް ކިޔަވައިދެ އެވެ.