ޓޯކިޔޯގެ ރަންވޭއެއްގެ މަތީގައި ކޮރެއާ އެއާގެ ބޯޓެއްގައި އަލިފާން ރޯވެއްޖެ

ޓޯކިޔޯ (މެއި 27) - ޖަޕާނުގެ ވެރިރަށް ޓޯކިޔޯގެ އެއާޕޯޓެއްގެ ރަންވޭ މަތީގައި އޮތް ކޮރެއަން އެއާގެ މަތިންދާ ބޯޓެއްގެ ވާތްފަރާތު އިންޖީނުގައި މިއަދު އަލިފާން ރޯވެއްޖެ އެވެ.

ޓޯކިޔޯގެ ރަންވޭއެއްގެ މަތީގައި ކޮރެއާ އެއާގެ ބޯޓެއްގައި އަލިފާން ރޯވެއްޖެ
ޓޯކިޔޯގެ ރަންވޭއެއްގެ މަތީގައި ކޮރެއާ އެއާގެ ބޯޓެއްގައި އަލިފާން ރޯވެއްޖެ

ދެކުނު ކޮރެއާގެ ވެރިރަށް ސޯލް އަށް ފުރުމަށްޓަކައި ހަނެޑާ އެއާޕޯޓުން ނައްޓާލަން އުޅެނިކޮށް ބޯޓުގައި އަލިފާން ރޯވި އިރު 302 ޕަސިންޖަރުންނާއި 17 ކްރޫން ބޯޓުގައި ތިއްބެވެ. އަލިފާން ހިފުމާ އެކު ރަންވޭ ބަންދުކޮށް އަލިފާން ނިވާ މީހުން ވަނީ އިންޖީނަށް ފޯމް ސްޕްރޭ ކޮށްފަ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔަލެއް ނުވެ އެވެ. އަދި އިންޖީނުގައި އަލިފާން ރޯވަން މެދުވެރިވި ސަބަބެއް އަދި ހޯދިފައެއް ނުވެ އެވެ.