08 ފެބުރުއަރީ 2019 - 15:24

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އަންނަ މަޖިލިސް އިންތިޚާބުގައި ވާދަ ނުކުރައްވަން ނިންމަވައިފި އެވެ.
މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސަ މަޖިލީހަށް ވާދަ ނުކުރައްވާނެ ކަން އިއުލާން ކުރެއްވީ އޭނާ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ. އެކަމަކު އެގޮތަށް ނިންމެވި ސަބަބެއް އޭނާ އަދި ހާމައެއް ނުކުރައްވަ އެވެ.
ގަމު ދާއިރާއަށް ވާދަ ކުރައްވާނެ ކަން މޫސަ ކުރިން އިއުލާން ކުރެއްވި އެވެ. މޫސަ އޭރު ވިދާޅުވެފައިވަނީ އޭނާ ގަމު ދާއިރާއަށް ވާދަ ކުރައްވާނީ އަމިއްލަ ގޮތުން ކަމަށެވެ.
މަޖިލިސް އިންތިޚާބަށް ޕީޕީއެމް އިން މެމްބަރުންނަށް ޓިކެޓް ދިންއިރު މޫސައަށް ޓިކެޓް ދީފައެއް ނުވެ އެވެ.
މޫސަ މަޖިލިސް މެމްބަރުކަމަށް ވަޑައިގަތީ 2004 ވަނަ އަހަރު އެވެ. އޭނާ އޭރު މަޖިލީހަށް ހޮވިވަޑައިގަތީ ލ. އަތޮޅު މެމްބަރެއްގެ ގޮތުގަ އެވެ.